މިރަށަކީ ނ. އަތޮޅުގައި އިޤްތިޞާދީ މަސައްކަތްތަކުގައި މުހިންމު ރަށެކެވެ. ރަށުގެ ގިނަ ބަޔަކު މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރަށް މިހާރު އެންމެ ބޮޑަށް އިސްކަންދެނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށެވެ. މިރަށަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. "ވަކަބެ ކަނޑޫފާ" ކިޔާ ކަނޑޫފަލެއް މިރަށުގައި އޮވެއެވެ. "އަޑުގޮވާ ކަންހޫނު" ކިޔާތަނެއް މިރަށުގައި އޮވެއެވެ. ތާރީޚީ ފޮތްތަކުގައިވެސް މިތަނުގެ ވާހަކަ ލިޔެފައި ވެއެވެ. މިރަށް ފާހަގަ ކުރެވިފައިވަނީ އަތޮޅުގައި އޮންނަ އެންމެ ދިގުރަށުގެ ގޮތުގައެވެ.