ނ. ޅޮހި
N. Lhohi | LD0500
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

ނ. އަތޮޅު
D03 ވެލިދޫ ދާއިރާ
ޕޯސްޓް ކޯޑު: 04080
ބިމުގެ ބޮޑުމިން: 40.4 ހެކްޓަރ
އާބާދީ: 610

މިރަށަކީ ވަޑިންނާއި ރާނާ ސިމެންތިޖަހާމީހުން ނިސްބަތުން ގިނަ ރަށެކެވެ. ތާރީޚީގޮތުންފާހަގަކުރެވޭ ތަންތަނުގެ ގޮތުގައި މިރަށުގައި އެންމެ ފާހަގަކުރެވެނީ "ހަނގުރާމަ ފަސްގަނޑު" ކިޔާ ތަނެކެވެ. މި ތަނަކީ ފަރުބަދަ ގޮތަށް އުސްކޮށް ހުންނަ ފަސްގަނޑުތަކެކެވެ. މިތަނަށް ހަނގުރާމަ ފަސްގަނޑޭ ކިޔުނީ ކުރީޒަމާނުގައި ފޭރޭމީހުން އައިސް ހަނގުރާމަ ކުރި ތަނަށް ވާތީއެވެ. އެތަނަކީ، ރަށުގެ ގޮނޑުދޮށާ ކައިރީގައި އޮންނަ ތަނެކެވެ. މިއީ ތާރީޚު ފޮތްތަކުން އެނގެން އޮންނަ ތަނެކެވެ. މިއަތޮޅުން އައިސްޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތްކުރެވެނީ ހަމައެކަނި މިރަށުގައެވެ.