ނ. ފޮއްދޫ
N. Fohdhoo | LD0332
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

ނ. އަތޮޅު
D03 ވެލިދޫ ދާއިރާ
ޕޯސްޓް ކޯޑު: 04130
ބިމުގެ ބޮޑުމިން: 26.7 ހެކްޓަރ
އާބާދީ: 279

މިރަށުގެ ރައްޔިތުން ކޮށްއުޅޭ މައިގަނޑު މަސައްކަތްތަކަކީ، ގެދޮރު އިމާރާތްކުރުން، ރޯނުވެށުން، ފަންގިވިނުން އަދި ފަތުރުވެރިކަމުގެ މަސައްކަތެވެ. "މަގާމް" ކިޔާ 100 އަހަރުވެފައިވާ ބިނާއެއް މިރަށުގައި ހުރެއެވެ. 90 އަހަރުވެފައިވާ "ފޮނގަ ގަސް" ވެއްޓުނުތަން ކަމަށްވާ "ފޮނގަ ވަޅުގަނޑު" ވަނީ ޙިމާޔަތް ކުރެވިފައެވެ. މިފޮނގަ ގަހުގެ އެއްވެސް ވައްތަރެއް އެހެން އެއްވެސް ރަށެއްގައި ނުހުރެއެވެ. މީގެ އިތުރުން، "ފޮއްދޫ ބޮޑު ތުނޑި" އަކީ ވަރަށް ފާހަގަކުރެވޭ ތަނެކެވެ.
ޖުމްލަ 12 މަޝްރޫއު
2023 ގެ ބަޖެޓް : 0.00 ރ.
ޕްރީ ޓެންޑަރިންގ މަރުހަލާގައި