މިރަށަކީ މިއަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްކަމުގައިވާތީ، އަތޮޅުގެ ހުރިހާ ރަށަކުން ގިނަ ބަޔަކު ތަޢުލީމު އުނގެނުމާއި، ޞިއްޙީ ފަރުވާއާއި، ބެންކިންގ ޚިދްމަތްފަދަ ކަންކަން ލިބިގަތުމަށް އަންނަ ރަށަކީ މިއީއެވެ. ނ. ރ. ބ. އަތޮޅު ހިމެނޭ މި ތިން ސަރަޙައްދުގައި ހުރި ހަމައެކަނި ރީޖަނަލް ހޮސްޕިޓަލާއި ޤައުމީ ޔުނިވަރސިޓީގެ މާސްޓަރސް ފެންވަރަށް ކިޔަވައިދޭ ހަމައެކަނި ރަށެވެ. މިރަށުގައި ހިމާޔަތްކުރެވިފައިވާ "ފެންބޯވަޅު" ކިޔާ 200 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީރުފެން ލިބޭ ވަޅެއް ހުރެއެވެ.