ރާއްޖޭގައި ރަސްކަންކުރި "މާލެއި" އާއިލާގެ ރަސްކަމުގެ ތެރެއިން މި ރަށުގެ ބޭކަލުން ވަޒީރުންގެ ގޮތުގައި ތިއްބެވިއެވެ. އަދި ބައެއް ބޭކަލުން އެ އާއިލާގެ ބޭފުޅުންނާ ކައިވެނި ބައްލަވައިގެން އުޅުއްވިކަންވެސް އެނގެއެވެ. މި ބޭކަލުންގެ ތެރޭގައި "ކެންދޫ ވެންގެ ހެލި ކަލޯ" ހިމެނެއެވެ. މި ރަށުގައި ހުންނަ އެންމެ އާޘާރީ ބިނާއަކީ، މައުލާނާ އަލް ޙާފިޡު އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ (ތަބްރޭޒްގެފާނު) އަށް ނިސްބަތްވާ މަޤާމްފުޅެވެ