މި ރަށް މިހާރަކަށްއައިސް މަޝްހޫރުވެފައިވަނީ ކުޅިވަރުގެ ދާއިރާގައެވެ. އެގޮތުން ފުޓުބޯޅައިގައި، އަތޮޅުން ފާހަގަކޮށްލެވޭއިރު ވޮލީބޯޅައިން މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ރަންވަނަތަކެއް މިރަށުން ހޯދާފައިވެއެވެ. މިރަށުގައި 100 އަހަރު ވެފައިވާ، "ހުކުރު މިސްކިތެއް" ހުރެއެވެ. އަދި މިރަށަކީ އަތޮޅާއި ރަށުގެ ނިސްބަތުން އަދި މުޅި ރާއްޖޭގެ ނިސްބަތުންވެސް އެންމެ ފާހަގަކޮށްލެވޭ ފެންވަރެއްގައި ކައިޓް ސަރފިންގ ކުރާ ރަށެވެ. މީގެ އިތުރުން މިރަށަކީ "އަލިފާން ބޯޅަ" ކުޅޭ ހަމައެކަނި ރަށެވެ.