މިރަށަކީ ފާދިއްޕޮޅުގެ އަތޮޅުވެރިކަންކުރާ ރަށަށްވެފައި، ރަށުގައި ދައުލަތުގެ ގިނަ މުއައްސަސާތައް ހުރުމުން، އޮފީސްތަކުގައި މަސައްކަތްކުރަމުންދާ މީހުންވެސް ރަށުގައި ގިނައެވެ. ރަށުގެ އިޤްތިޞާދުގައި އެންމެ ބޮޑަށް ޙިއްޞާކުރާ ދާއިރާއަކީ މަސްވެރިކަމެވެ. އާޘާރީގޮތުން ފާހަގަ ކޮށްލެވޭ ތަނެއް ނެތްކަމުގައި ވިޔަސް، ދިވެހިރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް މަދަރުސާ ހުރީ ނައިފަރުގައެވެ. "މަދަރުސަތުލް އިފްތިތާޙު" އަކީ، ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ދެވަނަ މަދަރުސާއެވެ. ލަފާކުރެވޭ ގޮތުގައި މިއީ 70 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މަދަރުސާއެކެވެ.