ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުން، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ އެވެ. އަދި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން، މާލެ ސިޓީ އުފެދި، "އިދާރީ ދާއިރާއެއްގެ ގޮތުގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ދާއިރާގައި ހިމެނެނީ މާލެ، ވިލިނގިލި އަދި ހުޅުމާލެ" ކަމަށް އެ ޤާނޫނުގައި ބަޔާންކޮށް ކަނޑައަޅާފައިވެއެވެ. ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން މިދަނީ މާލެ ސިޓީގައިއެވެ.