މިރަށުގައި އެންމެ ދުވަސްވެފައި ހުރީ ރަށުގެ ބޮޑުނިކަގަހާއި ރަށުގައި ހުރި އާޘާރީ މިސްކިތެވެ. މި ނިކަގަހަކީ 200 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާނެ ގަހެއްކަމަށްވެއެވެ. އާޡާރީ މިސްކިތަކީ ހިޖުރައިން 1150 ގެ އަހަރުތަކުގެ ތެރޭގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މީގެ އިތުރުން މިރަށަކީ މީގެ 2 ގަރުނެއްވަރު ކުރިން ގިނަ ހާދިސާތަކެއް ހިނގާ، ރަށް ނާމާންވެ މީހުން ހުސްވުމަށްފަހު، އަލުން އާބާދުވި ރަށެއްކަން ރަށުގެ ޢުމުރުން ދުވަސްވީ ރަށްވެހިންގެ ބަހުން ހެކިލިބެއެވެ. މިރަށް ޕްރޮމޯޓު ކުރުމަށް ބޭނުންކުރަމުންދާ ޝިއާރަކީ "މަގޭވެށި-ޗާލު މަތިވެރި" މި ޝިއާރެވެ.