އއ. ފެރިދޫ
AA. Feridhoo | LD0287
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

އއ. އަތޮޅު
U01 މަތިވެރި ދާއިރާ
ޕޯސްޓް ކޯޑު: 09060
ބިމުގެ ބޮޑުމިން: 44.2 ހެކްޓަރ
އާބާދީ: 486

މިރަށަށް އަދިވެސް އަރިއަތޮޅުގެ ދުވަސްވީ މީހުން ކިޔާ އުޅެނީ "ބޮޑު ފެރިދޫ" އެވެ. މި ރަށުގައި އިހުގައި މީހުން އުޅެފައިވަނީ ރަށް ވަށައިގެންނެވެ. މިކަމުގެ ނިޝާންތަކުގެ ތެރޭގައި ރަށުގެ އެތެރޭގެ އެކި ހިސާބުތަކުގައިވާ ވެޔޮތައް ހިމެނެއެވެ. ރަށުގެ އާޘާރީ ތަންތަނުގެ ތެރޭގައި ރަށުގެ ބަނދަރުގެ ކުރިމަތީގައި ހުންނަ ބޮޑު ނިކަގަސް ފާހަގަކުރެވެއެވެ. އިހުޒަމާނުގައި، ރާއްޖޭގެ ރަސްކަލުން ޙައްޖަށް ވަޑައިގެންފައި ގެންނެވި، އެފްރިކާ ސަރަޙައްދުގެ ދެ އަޅުން، އަޅުވެތިކަމުން މިނިވަންކުރުމުން، މިދެމީހުން ވަޒަންވެރިވެފައިވަނީ މިރަށުގައެވެ. ބެލެވޭ ގޮތުގައި މިރަށާއި މި އަތޮޅު މާޅޮހުގެ ބައެއް ޢާއިލާތަކަކީ މި ދެ މީހުންގެ ދަރިފަސްކޮޅެވެ.