މ. ވޭވަށް
M. Veyvah | LD1167
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

މ. އަތޮޅު
K01 ދިއްގަރު ދާއިރާ
ޕޯސްޓް ކޯޑު: 11030
ބިމުގެ ބޮޑުމިން: 41.7 ހެކްޓަރ
އާބާދީ: 240

މިރަށުގައި އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. މިގޮތުން މަސް ކައްކައި ހިއްކުމުގެ އިތުރުން، މަހުން ތައްޔާރުކުރާ އެކި ބާވަތްތަކުގެ އުފެއްދުންތައްވެސް މިރަށުގެ ރައްޔިތުން އާންމުކޮށް އުފައްދައި އުޅެއެވެ. މީގެ އިތުރުން ފައިބަރުގެ މަސައްކަތާއި ފަންގި ވިނުމާއި ދަނޑުވެރިކަމުގެ މަސައްކަތްވެސް މި ރަށުގެ ރައްޔިތުން ކޮށްއުޅެއެވެ. ބޮޑުބެރު ޖެހުމަކީ މިރަށުގެ ރައްޔިތުންގެ މެދުގައި މަޤުބޫލު ކުޅިވަރެކެވެ. މިރަށުގައި ހުންނަ ހުކުރު މިސްކިތަކީ 400 އަހަރުވެފައިވާ މިސްކިތެކެވެ.