މ. ނާލާފުށި
M. Naalaafushi | LD0793
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

މ. އަތޮޅު
K02 މުލަކު ދާއިރާ
ޕޯސްޓް ކޯޑު: 11060
ބިމުގެ ބޮޑުމިން: 10.4 ހެކްޓަރ
އާބާދީ: 384

މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށްއުޅެނީ، މަސްވެރިކަމާއި ފަތުރުވެރިކަމުގެ މަސައްކަތެވެ. މީގެ އިތުރުން ރޯނުވެށުމާއި ފަންގި ވިނުމުގެ މަސައްކަތްވެސް ރަށުގެ ރައްޔިތުން ކުރެއެވެ. މިރަށުގައި އާޘާރީ ތަނެއްގެ ގޮތުން ފާހަގަ ކޮށްލެވޭ، ހިރިގަލުން ބިނާ ކޮށްފައިވާ މިސްކިތެއް ހުރެއެވެ. މިއީ ގާތްގަނޑަކަށް 300 އަހަރު ވެފައިވާ މިސްކިތެކެވެ. ރާއްޖެއަށް މަޝްހޫރު ޘަޤާފީ ކުޅިވަރެއްގެ ގޮތުގައި ކުޅޭ "މަގުމަތީ ލަނގިރި" ކުޅޭ ގްރޫޕެއްވެސް މިރަށުގައި އޮވެއެވެ.