ފ. ނިލަންދޫ
F. Nilandhoo | LD1158
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

ފ. އަތޮޅު
L02 ނިލަންދޫ ދާއިރާ
ޕޯސްޓް ކޯޑު: 12050
ބިމުގެ ބޮޑުމިން: 56.2 ހެކްޓަރ
އާބާދީ: 1,645

މިއީ، ފ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. މި ރަށުގައި، ވީރާނާވެފައިވާ އާސާރީ ބިނާތަކެއް ފެންނަ ސަރަހައްދެއް އޮވެއެވެ. ދުނިޔޭގެ ކުރީގެ މަޝްހޫރު އެތުނޮގްރާފަރ، ތޯރ ހަޔަދާލްގެ "ދަ މޯލްޑިވްސް މިސްޓްރީ" ފޮތުގައި މި ތަނުގެ މަޢުލޫމާތު ވަނީ ޝާއިޢުކޮށްފައެވެ. މިއީ، އިހުޒަމާނުގައި ބުޑިސްޓު ދީނީ ބިނާތަކެއް ހުރި ތަނެކެވެ. މީލާދީން 540 އާއި 670 އާ ދެމެދުގެ އަހަރުތަކުގެ ތެރޭގައި މި ތަނުގައި ވޭރެއް ހުއްޓެވެ. މި ވޭރުގެ ތެރޭގައި ހުރި ބައެއް ތަންތަނުގެ ބިންގަލުގެ މަތީބަޔާއި، އެ ތަނުގައި އޮތް ވެވާއި އިހު ޒަމާނުގެ ވަޅެއް ހުއްޓެވެ.
ޖުމްލަ 17 މަޝްރޫއު
2023 ގެ ބަޖެޓް : 0.00 ރ.