ޒަމާނުންސުރެ މިރަށް މަޝްހޫރުވެފައިވަނީ، އިހުޒަމާނުގައި ކިޔައި އުޅުނު ރައިވަރުބައި "ބުރުނީ ކަމަނާ ރައިވަރު"ގައި ހިމެނޭ ދޮންހިޔަލައާއި އަލިފުޅު ދިރިއުޅުނު ރަށުގެ ގޮތުގައެވެ. އެގޮތުން "ހިޔަލަ ގަނޑުވަރު" ހުރިކަމަށް ބުނާ ސަރަޙައްދު މިރަށުގައި ފާހަގަކޮށްފައި އެވެއެވެ. މިރަށުގެ ރައްޔިތުން އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ގެދޮރު އިމާރާތްކުރުމާއި ފަންގި ވިނުމެވެ. އާންމުކޮށް ހުޅަނގު މޫސުމުގައި މިރަށުގެ ފަޅުތެރެއަށް ރާގޮނޑި އައިން ވަދެއެވެ. އަދި ރަށުގެ ރައްޔިތުން ގުޅިގެން މި މަސް ހިފައި، ރަށުގައި އެވަގުތެއްގައި ދިރިއުޅެމުންދާ މީހުންގެ މައްޗަށް މަސް ބަހައިހަދައެވެ.