މިރަށަކީ 2004 ވަނަ އަހަރު ކުރިމަތިވި "ސުނާމީ ކާރިޘާ" ގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްރަށެވެ. ސުނާމީއަށްފަހު ވިލުފުށި އަރާސްތުކޮށްފައިވަނީ، "ސޭފް އައިލަންޑް ކޮންސެޕްޓް" ގެ ދަށުން ބިންހިއްކައި، ވަށައިގެން ރިވެޓްމަންޓް ޖަހައި، ފަސްގަނޑު އުސްކޮށް، އެންމެ މިޒަމާނުގެ ވަސީލަތްތަކާއެކުގައެވެ. ރަށުގެ ރައްޔިތުން އާންމު ގޮތެއްގައި އާމްދަނީ ހޯދަނީ މަސްވެރިކަމުންނާއި ފަންގިވިނުމުންނާއި ފައިބަރުގެ މަސައްކަތްކޮށްގެންނާއި އިމާރާތް ކުރުމުގެ މަސައްކަތުންނާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓުގެ ވިޔަފާރިންނެވެ.