ރަށުގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަސްވެރިކަމަށެވެ. މިފަހަކަށް އައިސް ފައިބަރު މަސައްކަތުގެ ސިނާޢަތްވެސް ވަރަށް ބާރަށް ރަށުގައި ކުރިއަރަމުން އައިސްފައިވެއެވެ. މީގެ އިތުރުން، ތެދުއުއިވަޑާމާއި ކިއްސަރުވަޑާމާއި އިމާރާތްކުރުމުގެ މަސައްކަތަކީ މިރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތްތަކެވެ. އޭގެ އިތުރުން، ދިވެހި ބޭސްވެރިކަމަކީވެސް މިރަށުގެ ގިނަ ބަޔަކު ކުރާ ޚާއްޞަ މަސައްކަތެކެވެ. އެގޮތުން މިރަށަކީ ދިވެހި ރުއްގަލުބޭސް ކުރުމަށް މުޅި ރާއްޖެއަށް ވެސް މަޝްހޫރު ރަށެކެވެ.