ށ. ނޫމަރާ
Sh. Noomaraa | LD0985
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

ށ. އަތޮޅު
C01 ކަނޑިތީމު ދާއިރާ
ޕޯސްޓް ކޯޑު: 03020
ބިމުގެ ބޮޑުމިން: 41.1 ހެކްޓަރ
އާބާދީ: 336

މިރަށަކީ އަތޮޅު ފެންވަރުގައި ކިއްސަރު ވަޑާމަށް އެންމެ މަޝްހޫރު ރަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް މިރަށުގެ މާވަޑިން ބަނދެފައިވާ ގިނަ އޮޑިފަހަރު ހުރުމީ ރަށުގެ މާވަޑިންގެ ޤާބިލްކަން ދައްކުވައިދޭ އަދި ރަށަށް ލިބޭ ބޮޑު ފަޚުރެކެވެ. މިރަށުގައި ފަލަމަޑީގެ ބާވަތްތައް އިންދައިގެން ނުހެއްދިއަސް ފަލަމަޑީގެ ބާވަތްތައް ލިބެން ހުރެއެވެ. ނޫމަރާ ކަނޑަކީ، ވަރަށް ބިރުވެރި ކަނޑެއްގެ ގޮތުގައި ތާރީޚުގެ ފޮތްތަކުން އެނގެއެވެ. މިރަށުގެ ގޮނޑުދޮށުގައި ދެމޫސުމުގައި ދެކޮޅަށް ދުވާ ވެލިގަނޑެއް އޮވެއެވެ.