"1961 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު، ހުވަދުއަތޮޅަކީ، އިދާރީގޮތުން ދެއަތޮޅެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައި، ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރި ކަނޑައަޅުއްވައި، ހުވަދުއަތޮޅު އުތުރުބުރީގެ އަތޮޅުވެރިކަން ކުރާ ރަށަކީ މިރަށް ކަމުގައި ހަމަޖެއްސެވިއެވެ. ޤުދުރަތީ ގޮތުން ހެދިފައިވާ ދެ ކުޅި މިރަށުގައި އޮވެއެވެ. މިތަންތަނަކީ ރަށު ކައުންސިލުން ފާސްކޮށް، ހިމާޔަތް ކޮށްފައިވާ ތަންތަނެވެ. ރާއްޖޭގެ އެންމެދިގު ފަރުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު "އެކެފަރު" އަކީ މިރަށާ ގުޅިފައިވާ ފަރެކެވެ.