ގއ. ނިލަންދޫ
GA. Nilandhoo | LD1091
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

ގއ. އަތޮޅު
P02 ދާންދޫ ދާއިރާ
ޕޯސްޓް ކޯޑު: 16040
ބިމުގެ ބޮޑުމިން: 57.4 ހެކްޓަރ
އާބާދީ: 487

މިރަށުގައި ހުންނަ "މަސްޖިދުލް ބަދްރު" މިސްކިތަކީ 100 އަހަރަށްވުރެ ގިނަ ދުވަސްވީ މިސްކިތެކެވެ. އަދި ބުދު ފައްޅިއެއްކަމަށް ލަފާކުރެވޭ ތަނެއްގެ ރުއިންސް ހިމެނޭ ގާފުންޏެއް މިރަށުގައި އޮވެއެވެ. މިރަށުގައި އޮންނަ ޗަސްބިމަކީ، ޤުދުރަތީ ގޮތުން ޚާއްޞަ ތަނެއްކަމަށް ބަލައި، އެތަން ވަނީ މިރަށުގެ ކައުންސިލުން ހިމާޔަތްކޮށްފައެވެ. ޑައިވްކުރާ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު ޑައިވް ޕޮއިންޓްތަކެއްގެ ގޮތުގައި، ރަށުގެ ދެކޮޅުގައި އޮންނަ ދެ ކަނޑުއޮޅި ފާހަގަ ކުރެވެއެވެ.