މިރަށުގެ މީހުން އާމްދަނީ ހޯދުމުގެ ގޮތުން އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމެވެ. އަތޮޅުގެ މީހުންގެ މެދުގައި މިރަށް މަޝްހޫރުވެފައިވަނީ މޫސުމީ ނުރައްކާތެރިކަން ކުޑަ ރަށެއްގެ ގޮތުގައެވެ. އަދި ކިއްސަރު ވަޑާމާއި ދިވެހިބޭސްވެރިކަމުގެ ދާއިރާގައި ކުޅަދާނަ ބައެއް ތިބޭ ރަށެއްގެ ގޮތުގައެވެ. ރަށުގައި ސަގާފީކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަންކަމަކީ ބޮޑު ޢީދުގައި ކޯޑިކުޅިވަރު ކުޅުމާއި ބޮޑުބެރުޖެހުމެވެ. މިރަށާއި ގއ. ނިލަންދުއާ ދޭތެރޭގައި އޮންނަ ޑައިވިންގ ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޑައިވިންގ ޕޮއިންޓެކެވެ.