މިރަށަކީ ދޮށީގެ މަސްވެރިކަމަށް ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށުގެ ފަރަކީ ކަނޑުއަޑީގެ މުއްސަނދިކަން ލިބިފައިވާ، ފަތުވެރިންގެ މެދުގައި މަޤްބޫލު ސްނޯކްލިންގ ޕޮއިންޓެކެވެ. މީގެ އަހަރުތަކެއް ކުރިން މިރަށަކީ ދިވެހި ބޭސްވެރިކަމާއި ކަސަބު ބޯވަޅު އެޅި ލިބާސް ތައްޔާރުކުރުން ފަދަ ކަންކަމުގައި ވަރަށް މަޝްހޫރު ރަށެކެވެ. މިރަށުގައި ހުރި އެންމެ މުހިންމު އާޘާރީ ތަނަކީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތެވެ. 327 އަހަރު ވެފައިވާ މި މިސްކިތުގައި މިހާރުވެސް ނަމާދުކުރެއެވެ.