ގއ. ކޮނޑޭ
GA. Kon'dey | LD0435
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

ގއ. އަތޮޅު
P03 ގެމަނަފުށި ދާއިރާ
ޕޯސްޓް ކޯޑު: 16070
ބިމުގެ ބޮޑުމިން: 116.2 ހެކްޓަރ
އާބާދީ: 275

މިރަށުގެ ރައްޔިތުން ކުރިއްސުރެ މަޝްހޫރުވެފައިވަނީ އަތްތެރި މަސައްކަތާއި ވަޑާމުގެ މަސައްކަތުގެ ދާއިރާއިންނެވެ. މިގޮތުން މާލޭގައި ހުރި ދިވެހިން ފަޚުރުވެރިވާ ހުކުރު މިސްކިތް ބިނާ ކުރުމުގައި މިރަށުގެ މާވަޑިން މަސައްކަތް ކޮށްފައިވާކަން ތާރީޚު ފޮތްތަކުން އެނގެން އެބަހުއްޓެވެ. މިރަށުގައި ހުރި އާޘާރީ ތަންތަނުގެ ތެރޭގައި ކޮނޑޭ ބޮޑު ވެވާއި ހަވިއްތަތައް ހިމެނެއެވެ. އަދި މިރަށުގައި ޤުދުރަތީ ގޮތުން އުފެދިފައިވާ ކުޅިއާއި ޗަސްބިން ހުރެއެވެ.