ހއ. ވަށަފަރު
HA. Vashafaru | LD0232
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

ހއ. އަތޮޅު
A05 ކެލާ ދާއިރާ
ޕޯސްޓް ކޯޑު: 01090
ބިމުގެ ބޮޑުމިން: 35.5 ހެކްޓަރ
އާބާދީ: 408

މިރަށަކީ ތެދުއުއިވަޑާމަށް ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ ގިނަބަޔަކު ކޮށްއުޅޭ މައިގަނޑު އެއް މަސައްކަތަކީ، ލޯކަލް ޓޫރިޒަމުގެ މަސައްކަތެވެ. މިރަށު އަތިރިމަތީގައި، ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ރާނާފައި ހުންނަ 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ "ބޮޑު ފާރު" ނަމަކަށް ކިޔާފާރެއް ހުރެއެވެ. މިފާރުގެ ބޭނުމަކީ، ފެތުރިދާނެ ބަލިމަޑު ކަމަކުން ރަށް ޙިމާޔަތް ކުރުމެވެ. މީގެއިތުރުން، މިރަށުގައި ހިރިގަލުން ހަދާފައި ހުރި 130 އަހަރުވީ "މަސްޖިދުލް ތަކުރުފާނު" މިސްކިތަކީ އާޘާރީ ގޮތުން ފާހަގަކޮށްލެވޭ މިސްކިތެކެވެ. މި މިސްކިތަށް ޢާންމުކޮށް ކިޔައި އުޅެނީ، ވަށަފަރު ބާ ހުކުރު މިސްކިތެވެ.