ށ. މާއުނގޫދޫ
Sh. Maaun'goodhoo | LD0016
މިރަށު މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގައި ރަށުގެ އަންހެނުންގެ ޙިއްސާވެސް ބޮޑުކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރޯނުވެށުމާއި، ފަންގިވިނުމުގެ މަސައްކަތް ކޮށްގެން ވެސް އަންހެނުން އާމްދަނީ ހޯދައެވެ. މިހާރު ރަށުގެ ޒުވާނުން އާމްދަނީ ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރެއެވެ. މިރަށުގައި 500 ވަރަކަށް އަހަރުވެފައިވާ ކަމަށްބެލެވޭ ޙިމާޔަތްކޮށްފައިވާ އާދަޔާ ޚިލާފު ބޮޑު 9 ނިކަގަސް ހުރެއެވެ.
ޖުމްލަ 11 މަޝްރޫއު
2023 ގެ ބަޖެޓް :
1,200,000.00 ރ.