ގދ. ގައްދޫ
GDh. Gahdhoo | LD0887
މީހުން ދިރިއުޅޭ ރަށެއް | ޗާޓުން ބައްލަވާ

ގދ. އަތޮޅު
Q05 ގައްދޫ ދާއިރާ
ޕޯސްޓް ކޯޑު: 17040
ބިމުގެ ބޮޑުމިން: 50.2 ހެކްޓަރ
އާބާދީ: 1,255

މިރަށަކީ ކުނާ ވިޔުމުގެ މަސައްކަތަށް މުޅި ރާއްޖެއިންވެސް އެންމެ މަޝްހޫރު ރަށެވެ. 1962 އިން 1968 އާ ހަމައަށް ގދ. އަތޮޅުގެ އަތޮޅުވެރިކަން ކޮށްފައިވަނީ މިރަށުގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ހައިހޫނުކަމުގައި ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައިވަނީ މިރަށު ރައްޔިތުންގެ މަސައްކަތުން، މިރަށާ ކައިރީގައި އޮންނަ ގަމުގައި ހައްދާ އޮޅުއަލައިންނެވެ. 20 ވަނަ ޤަރުނުގެ މެދުތެރޭގައި ދިވެހި ސަރުކާރާ ދެކޮޅަށް ހިންގި "ދެކުނުގެ ބަޣާވާތު" ގައި ދިވެހި ސަރުކާރަށް އެއްބާރުލުން ދިން ހަމައެކަނި ރަށަކީވެސް މިއެވެ.
ޖުމްލަ 18 މަޝްރޫއު
2023 ގެ ބަޖެޓް : 875,000.00 ރ.
ކޮންޓްރެކްޓްކޮށްފައި
ޕްރީ ޓެންޑަރިންގ މަރުހަލާގައި
ހިނގަމުންދަނީ