ވައިގެ ފެންވަރު ބެލުމުގެ މަޝްރޫއު
:
އައިޑީ:
ISLES/1247
މަޝްރޫއުގެ ސްޓޭޓަސް:
ހިނގަމުންދަނީ
ސްޓޭޓަސް ތަފްޞީލް:
އާބާދީ ބޮޑު ރަށްރަށުގައި އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ނުވަތަ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ވަނީ ދެފަހަރުކޮށްފައެވެ. ދެފަހަރުވެސް ހުށަހަޅާފައިވާ އަގުތަކަކ، މި މަޝްރޫއަށް ކަނޑައެޅިފައިވާ ޕީ.އެސް.އައި.ޕީ. ބަޖެޓަށްވުރެން ބޮޑު އަގަކަށް ވުމާއި ގުޅިގެން، އެ އިއުލާނުތައް ބާތިލުކޮށް، ސްކޯޕް ބަދަލުކޮށް ވަނީ ޖޫން މަހު އަލުން ތިންވަނަ ފަހަރަށް އިއުލާނުކޮށްފައެވެ. ތިން ވަނަ އިއުލާނު ކުރީ، ކޮމިއުނިޓީ ފެންވަރުގައި އެއަރ ކޮލިޓީ މޮނިޓަރިންގ ނެޓްވަރކް އެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ހިމެނޭ ޓޫލްކިޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. ބިޑު ހުށަހެޅީ އެންމެ ފަރާތެކެވެ، އަދި ބަޖެޓަށް ވުރެ ހުށަހަޅާފައިވާ އަގު ބޮޑުވުމުން މި މަސައްކަތަކުގެ ސްކޯޕް އަލުން މުރާޖާ ކުރުމުގެ މަޝްވަރާ ދަނީ ކުރިޔަށެވެ. ސްކޯޕް މުރާޖަޢާކުރުމަށްފަހު އިޢުލާން ކޮށްގެންވެސް، މި މަޝްރޫޢަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީ. ބަޖެޓަށް ފެތޭވަރުގެ ބިޑެއް ލިބިފައިނުވާތީ، އަދި، މަޝްރޫޢު ނުފެށި ގިނަ ދުވަސްވާތީ، މި ބީލަން މިހިސާބުން ވަނީ ބަންދުކޮށްފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަން މިހާރު ރާވާފައި ވަނީ އައިކިއު-އެއަރއިން މޮނިޓަރިންގް ސެންސަރ ސީދާ އެ ފަރާތުން ޕްރޮކިއަރކޮށްގެންނެވެ. މިކަމުގެ މުއާމަލާތްތައް މިހާރު ދަނީ އެ ފަރާތާ ކުރެވެމުންނެވެ. މި މަސައްކަތަށް ބޭނުންވާ 10 އެއަރ ކޮލިޓީ މޮނިޓަރިންގ ސެންސަރ ގަނެ، 8 ސެންސަރ މިހާރު ވަނީ ޤާއިމުކޮށްފައެވެ. މިގޮތުން، ސެންސަރތައް ޤާއިމުކޮށްފައިވަނީ ސ. ހިތަދޫ، ޏ. ފުވައްމުލައް، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ލ. ގަން އަދި ދ. ކުޑަ ހުވަދޫގައެވެ. .
: 3 ޖަނަވަރީ 2021
: 1 ޖަނަވަރީ 2021
: 1 އޭޕްރިލް 2022
: 1 އޭޕްރިލް 2022
: 30 އޭޕްރިލް 2022
ފަންޑިންގ:
- ޓްރަސްޓް ފަންޑް ( ގްރީން ކްލައިމެޓް ފަންޑް )
- ޓްރަސްޓް ފަންޑް ( މޯލްޑިވްސް ގްރީން ފަންޑް )
2022 ގެ ބަޖެޓް :
490,080.00 ރ
2023 ގެ ބަޖެޓް :
926,545.00 ރ
އަމަލީ މަސައްކަތުގެ ތާރީޚުތައް
: 1 ޖަނަވަރީ 2022
: 1 ފެބުރުވަރީ 2022
: 1 އޭޕްރިލް 2022
: 1 އޭޕްރިލް 2022
އެންމެފަހުން އަޕްޑޭޓްކުރި: 28 ނޮވެންބަރު 2022

ބަޖެޓް އަދި ފަންޑިންގ

ފަންޑު ޑޯނަރު 2020 2021 2022 2023 2024 ޖުމްލަ
ޓްރަސްޓް ފަންޑް ގްރީން ކްލައިމެޓް ފަންޑް 1,233,600.00 305,040.00 0.00 0.00 0.00 1,538,640.00
ޓްރަސްޓް ފަންޑް މޯލްޑިވްސް ގްރީން ފަންޑް 0.00 0.00 490,080.00 926,545.00 921,622.00 2,338,247.00
1,233,600.00 305,040.00 490,080.00 926,545.00 921,622.00 3,876,887.00

ފަންޑިންގ ބެހިގެންވާ ގޮތް

ޓްރަސްޓް ފަންޑް - ގްރީން ކްލައިމެޓް ފަންޑް

ޖުމްލަ: 1,538,640.00 ރުފިޔާ
ޖީ.އެލް ތަން 2020 2021 2022 2023 2024 ޖުމްލަ
422999 - އެހެނިހެން އިންފްރާސްޓްރަކްޗަރ 1,233,600.00 305,040.00 0.00 0.00 0.00 1,538,640.00
1,233,600.00 305,040.00 0.00 0.00 0.00 1,538,640.00

ޓްރަސްޓް ފަންޑް - މޯލްޑިވްސް ގްރީން ފަންޑް

ޖުމްލަ: 2,338,247.00 ރުފިޔާ
ޖީ.އެލް ތަން 2020 2021 2022 2023 2024 ޖުމްލަ
422999 - އެހެނިހެން އިންފްރާސްޓްރަކްޗަރ މާލެ ސިޓީ ހުޅުމާލެ 0.00 0.00 490,080.00 926,545.00 921,622.00 2,338,247.00
0.00 0.00 490,080.00 926,545.00 921,622.00 2,338,247.00

ޚަރަދު

ފަންޑު މަސް އަހަރު އަދަދު
ޓްރަސްޓް ފަންޑް - ގްރީން ކްލައިމެޓް ފަންޑް ފެބުރުވަރީ 2022 1,476.00
ޓްރަސްޓް ފަންޑް - ގްރީން ކްލައިމެޓް ފަންޑް މާރިޗު 2022 155,725.00
157,201.00
މިމަޝްރޫޢާ ގުޅޭ މަތީގައިވާ މަޢުލޫމާތުތަކަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން މި ޕޯޓަލަށް އަޕްޑޭޓްކުރައްވާފައިވާ މަޢުލޫމާތެވެ. އެގޮތުން މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ގުޅުއްވުން އެދެމެވެ.
3302200
[email protected]