ދެކުނުގެ އާޓްސް އެންޑް ކަލްޗަރ ސެންޓަރު ޤާއިމްކުރުން
:
އައިޑީ:
ISLES/6277
މަޝްރޫއުގެ ސްޓޭޓަސް:
ޕްލޭންކޮށްފައި
ސްޓޭޓަސް ތަފްޞީލް:
މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ހުރި ބިންތަކުގެ ތަފްސީލު ހޯދުަމަށް އައްޑޫ ސިޓީ ކައުންސިލަށް ސިޓީ ފޮނުވި ނަމަވެސް ޖަވާބު ލިބިފައިނުވާތީ އާޓްސް އެންޑް ކަލްޗަރ ސެންޓަރ އިމާރާތުގައި ހިމަނަން ބޭނުންވާ ޖާގައާ، އާޓްސް އެންޑް ކަލްޗަރ ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މިކަމަށް ބޭނުންކުރެވޭ ފަދަ އިމާރާތެއް ހުރިނަމަ، އެކަމާ ގުޅޭ މަޢުލޫމާތު މި މިނިސްޓްރީއާ ޙިއްސާކޮށްދެއްވުން އެދި ދެވަނަ ސިޓީއެއް 2022 އޭޕްރީލް 24 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލަށް ފޮނުވިފައި، ތަނަށް އެންމެ އެކަށޭނެ އިމާރާތެއް މިވަގުތު ނެތް ކަމަށާއި، ތަން އެޅުމަށް ބިމެއް ހަމަޖައްސައި ދެވިދާނެކަމަށް ކައުންސިލް އިން ވިދާޅުވެފައިވޭ. މިނިސްޓަރ އައްޑުއަށް ކުރެއްވި ދަތުރުފުުގައި މިކަމާގުޅިގެން ކައުންސިލްއާ މަޝްވަރާކުރެއްވުމުން ކައުންސިލްގެ ލޭންޑް ޔޫޒް ޕްލޭން ފައިނަލް ކުރަމުންދާ ކަމަށާއި، ޕްލޭން ފައިނަލް ވުމުން ބިމުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް ކައުންސިލް އިން ވިދާޅުވެފައިވޭ، ކައުންސިލާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމިފައި، ޖާގައެއް ހޯދައި ދިނުމަށް ޕޮލިސީ އޮފީހާ މަޝްވަރާކުރެވިފައި, އައްޑޫ ސިޓީ ކައުންސިލް އިން ވަނީ ކަލްޗަރަލް ވިލެޖް އެޅުމަށް ޕްރޮޕޯސަލް މިނިސްޓްރީއާ ހިއްސާކުރައްވާފައި، އެގޮތުން ކަލްޗަރަލް ސެންޓަރ އެޅުމަށް ލިބުނު ބަޖެޓުން ކަލްޗަރަލް ވިލެޖްގެ ކޮންސެޕްޓް ތައްޔާރުކުރުމުގެ ގޮތުން މައުލޫމާތު ޝީޓު ތައްޔާރުކުރުމާއި ހުއްދަ ހޯދަންޖެހޭ މުވައްސަސާތަކުގެ ހުއްދަ ހޯދުމުގެ މަސައްކަތް ނިމިފައި، ދެކުނު އާޓްސް ކަލްޗަރ ސެންޓަރ ކޮންސެޕް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވިފައި، ދެކުނު އާޓްސް ކަލްޗަރ ސެންޓަރ ކޮންސެޕް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން ލިބުނު ބިޑުގައި ބޭނުންވާ ޑޮކިއުމެންޓްސް ހަމަނުވާތީ އަލުން އިއުލާން ކުރެވިފައި. ދެ ފަހަރަށްވެސް އިޢުލާން ކުރުމުން އެއްވެސް ފަރާތެއް ބިޑު ހުށަހަޅާފައިނުވާތީ، އިންވިޓޭޝަން ބިޑު ހުށަހެޅުމަށް ވަނީ މެއިލްކުރެވިފައި، އިންވިޓޭޝަން ބިޑަށް އެއްވެސް ފަރާތަކުން ހުށަހަޅާފައެއްނުވޭ،
: 26 ފެބުރުވަރީ 2022
:
: 31 ޑިސެންބަރު 2023
:
:
ފަންޑިންގ:
- ޑޮމެސްޓިކް ބަޖެޓް ( ދިވެހި ސަރުކާރު )
2023 ގެ ބަޖެޓް :
217,812.00 ރ
2024 ގެ ބަޖެޓް :
196,031.00 ރ
އަމަލީ މަސައްކަތުގެ ތާރީޚުތައް
:
:
:
:
އެންމެފަހުން އަޕްޑޭޓްކުރި: 25 މޭ 2023

ބަޖެޓް އަދި ފަންޑިންގ

ފަންޑު ޑޯނަރު 2022 2023 2024 2025 ޖުމްލަ
ޑޮމެސްޓިކް ބަޖެޓް ދިވެހި ސަރުކާރު 493,500.00 217,812.00 196,031.00 29,405.00 936,748.00
493,500.00 217,812.00 196,031.00 29,405.00 936,748.00

ފަންޑިންގ ބެހިގެންވާ ގޮތް

ޑޮމެސްޓިކް ބަޖެޓް - ދިވެހި ސަރުކާރު

ޖުމްލަ: 936,748.00 ރުފިޔާ
ޖީ.އެލް ތަން 2022 2023 2024 2025 ޖުމްލަ
422999 - އެހެނިހެން އިންފްރާސްޓްރަކްޗަރ 0.00 217,812.00 196,031.00 29,405.00 936,748.00
422999 - އެހެނިހެން އިންފްރާސްޓްރަކްޗަރ އައްޑޫ ސިޓީ މަރަދޫފޭދޫ 493,500.00 0.00 0.00 0.00 936,748.00
493,500.00 217,812.00 196,031.00 29,405.00 936,748.00

މިމަޝްރޫޢާ ގުޅޭ މަތީގައިވާ މަޢުލޫމާތުތަކަކީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން މި ޕޯޓަލަށް އަޕްޑޭޓްކުރައްވާފައިވާ މަޢުލޫމާތެވެ. އެގޮތުން މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި ގުޅުއްވުން އެދެމެވެ.
3323206
[email protected]