މާލޭގައި މިނީ ބަސް ހިދުމަތް ގާއިމުކުރުން
:
އައިޑީ:
ISLES/3257
މަޝްރޫއުގެ ސްޓޭޓަސް:
ހިނގަމުންދަނީ
ސްޓޭޓަސް ތަފްޞީލް:
-މިނީ ބަސްތައް ހޯދުމުގެ ކުރިން ހަދަން ޖެހޭ ޗާޖިން ސްޓޭޝަންތަކާއި ބަސް ސްޓޮޕްތައް ހެދުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފަ. އަދި ޗާޖިން ސްޓޭޝަން ހެދުމަށް ގްރޭޓަރ މާލޭ ބަސް ޓަރމިނަލް އާއި ޖެހިގެން އިތުރު ބިމެއް ދިނުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ނިންމާފަ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް މިނީ ބަސް ހޯދުމަށް އިންޑިޔާގެ އެހީއަށް އެދިފައެވެ. ބަސްތަކުގެ ޗާޖިން ސްޓޭޝަން ހެދުމަށްޓަކައި މާލޭ އިންޑަސްޓްރިޔަލް ސަރަހައްދުން ބިމެއް ހޯދުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ވަނީ އެދިފައެވެ. އަދި އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް އެ މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ. މިނީބަސް އޮޕަރޭޝަން ޗާޖިން ޑެޕޯ އަށް ބޭނުންވާ ބިން ހަމަޖެހި އެމްޓީސީސީ އަށް ވަނީ ބިންހަވާލުކުރެވިފައެވެ. 19 އޮގަސްޓް 2021 ގައި މިނިސްޓްރީ އޮފް ފިނޭސް އާއި އެކު ބައްދަލުވުމެއް ބޭއްވުން ( މަސްވަރާ ކުރެވުނީ މަސައްކަތް އަވަސް ކުރުމާއި ގުޅޭ ގޮތުން ) 14 ސެޕްޓެމްބަރ 2021 ގައި މިނިސްޓްރީ އޮފް ފިނޭސް ގެ ޕީ އެސް އައި ޕީ ޕްރޮޖެކްޓް ތަކުގެ މަސްވަރާ ބައްދަލު ވުމެއްބޭއްވުން ( މަސްވަރާ ކުރެވުނީ ބަޖެޓާއި ބެހޭ ގޮތުން ). މިއަހަރު ތެރޭގައި މަސްރޫޢު ފެށުމަށް ޓައިމް ލައިނެއް ކަޑައަޅައި ބަޖެޓް ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭސް އަށް 20/09/2021 ގައި ސިޓީ އެއްފޮނުވުން. މިނީ ބަސް ޕްރޮޖެކްޓަށް ކުރިން އީވީ ފްރެންޑްލީ ވެހިކަލްތަށް ބޭނުން ކޮށްގެން އެ ޕްރޮޖެކްޓް ހިންގުމަށް ބުނެފައި ވީނަމަވެސް އެކަމަށް ހޭދަވާ ހަރަދު ބޮޑުވުމުގެ ސަބަބުން އެމް ޓީ ސީ ސީން ޑީސަލް ބަސް ބޭނުންކޮށްގެން އެޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް ދަންނަވާފައިވާތީވެ، އަލުން އިކޮނޮމިކް ކައުންސިލް އަށް ކަރުދާހެއް ހުށައެޅުމަށް ރައީސް އޮފީހުން އަންގަވާފައިވާތީ، އެ ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް މިވަގުތު ދަނީ ކުރެވެމުން .... މިނީ ބަހުގެ ޕޮރޮޖެކްޓް ފެށުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހަވާލް ކުރުމަށް ހަމަޖެހިފައިވާ 2 މިނީބަހާއި ޗާޖިން ސްޓޭޝަން ހެދުމަށް ބޭނުންވާ ފަންޑް މި މިނިސްޓްރީ އާއި ހަވާލު ކުރުމާއި ގުޅޭގޮތުން އެމްޔޫއޯ ގައި 2021-11-30 ގައި ސޮއިކުރެވުން .. މި މިނިސްޓްރީއިން ބަސްޓާމިނަލް ހެދުމަށް މާލޭ އިންޑަސްޓްރިޔަލް ޒޯންއިން އެމްޓީސީސީ އަށް ދޫކޮށްފައިވާ ބިން ރަހުނުކުރުމަށް އެމްޓީސީސީން މިމިނިސްޓްރީގައި އެދިފައިވާތީ، އެކަމުގެ ލަފަޔަކަށް އެދި އޭޖީ އޮފީހަށް ލިޔުމުން އޭޖީއިން ލަފާ ދީފައިވަނީ މިމިނިސްޓްރީ އަށް މިދެންނެވި ބިން ލިބުނު ގޮތުގެ ތަފްސީލް ހިއްސާކޮށްދެއްވުމަށެވެ. އެހެންކަމުން މިމިނިސްޓްރީއިން ވާނީ މިނިސްޓްރީ އޮފް ޕްލޭނިންގ އަށް ބިން ދިން ގޮތުގެ ތަފްސީލް ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ މިދެންނެވި ބިމާއި ބެހޭ މައުލޫމާތު ހޯދުމަށް އެދި ރައީސް އޮފީހަށް ލިޔުއްވާފައެވެ. ބަސްޑިޕޯތައް ހަދަންވެގެން އެމްޓީސީސީއާއި ހަވާލުކުރާ ބިން އެމްޓީސީސީގެ ނަމަށް ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ލަފަޔަކަށް އެދުމުން އެލަފާ ރައީސް އޮފީހުން ޕްލޭނިން މިނިސްޓްރީއަށް ދެއްވައިގެން ޕްލޭނިން މިނިސްޓްރީއިން އެގޮތަށް އެކަން ކުރުމަށް މިނިސްޓްރީއަށް އަންގައިފައި ވާތީ އެކަން މިޔަދު އޭޖީ އޮފީހާ ވާނީ ހިއްސާކުރެވިފައިއެވެ. އޭޖީ އޮފީހުން ޤާނޫނީ ލަފާ ލިބުނުހާ އަވަހަކަށް އެތަން އެމްޓީސީސީއާއި ހަވާލު ކުރެވި އެބިން ރަހުނު ކުރުމާއި ދޭތެރޭގައި ގޮތެއްނިއްމޭނެއެވެ. މިނީބަސް ފެށުމަށްޓަކައި ހަދަންޖެހޭ ބަސްސްޓޮޕް ތަށްހެދުމުގެ މަސަތްކައްތައް ދަނީ ކުރެވެމުން ... އަދި ބަސްދަތުރުކުރާ ރޫޓް ތަކުގައި ހުރި ޕާކިންތަށް ނަގާ މާލޭގެ ތިން ސަރަހައްދެއްގައި އިތުރު ޕާކިންތަކެއް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން ...
: 1 ސެޕްޓެންބަރު 2021
: 1 ޖުލައި 2020
: 31 ޑިސެންބަރު 2021
: 31 ޖުލައި 2022
:
ފަންޑިންގ:
- ޑޮމެސްޓިކް ބަޖެޓް
- ޑޮމެސްޓިކް ބަޖެޓް ( ދިވެހި ސަރުކާރު )
2022 ގެ ބަޖެޓް :
1,672,863.00 ރ
އަމަލީ މަސައްކަތުގެ ތާރީޚުތައް
: 1 ސެޕްޓެންބަރު 2021
: 1 ޖަނަވަރީ 2021
: 31 ޖުލައި 2022
:
އެންމެފަހުން އަޕްޑޭޓްކުރި: 21 އޮގަސްޓް 2022

ރަށްތައް

ރަށް ބަޖެޓް (ރުފިޔާ)
1 މާލެ ސިޓީ މާލެ 17,863,863.00
17,863,863.00
މިމަޝްރޫޢާ ގުޅޭ މަތީގައިވާ މަޢުލޫމާތުތަކަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން މި ޕޯޓަލަށް އަޕްޑޭޓްކުރައްވާފައިވާ މަޢުލޫމާތެވެ. އެގޮތުން މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ގުޅުއްވުން އެދެމެވެ.
3343423