ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް
ސާފު ހަކަތަ
އައިޑީ:
ISLES/0606
މަޝްރޫޢުގެ ސްޓޭޓަސް:
ހިނގަމުންދަނީ
ސްޓޭޓަސް ތަފްޞީލް:
ފެނަކަ އިން ލިބެންޖެހޭ ޑޭޓާ ނުލިބުމުގެ ސަބަބުން މަސައްކަތް ވަނީ ވަރަށް ބޮޑަށް ޑިލޭވެފައި. ކޮންޓްރެކްޓަރ ފުރަތަމަ ހުށަހެޅި ރިޕޯޓް ފެނަކަ އިން ދިން ޑޭޓާ އެކިޔުރޭޓް ނުވުމުގެ ސަބަބުން ރަންގަޅުނޫން ކަމަށް ފެންނާތީ، ފެނެކަ އިން ފަހުން ދިން ޑޭޓާ ތަކަށް ބިނާކޮށް އަލުން ހުށަހެޅުމަށް ކޮންޓްރެކްޓަރ އަށް އެންގިފައި. ށ އަދި ނ. ގައި ގްރިޑް އަޕްގްރޭޑްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ސޯލަރ ޕީވީ ސިސްޓަމްތައް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމި ކޮމިޝަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދަނީ. ހދ. އަތޮޅުގެ ރަށްތަކުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ރަށުގެ ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތްކުރުމަށް އީއައިބީ ލޯން 22 ނޮވެމްބަރ 2019 ގައި އިފެކްޓިވް ވެފައިވާތީ ސިސްޓަމްތަކުގެ މިހާރުގެ ހާލަތު ދެނެގަނެ ޑިޒައިން އަލުން ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދަނީ. އައްޑޫ ސިޓީގައި ޕީވީ ޑީސެލް ހައިބްރިޑް ސިސްޓަމަށް ބޭނުންވާ އީ.އެމް.އެސް އަދި ބެސް ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. ރ. އަދި ބ. އަތޮޅުގެ ރަށްތަކާއި ޅ. ނައިފަރު، ކ، އއ، އދ އަދި ވ. އަތޮޅުގެ ރަށްތަކުގައި ފީޒިބިލިޓީ ނިމިފައި. ޓެންޑަރ ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ. މ. ފ. އަދި ދ. އަތޮޅުގެ ރަށްތަކާއި ސ. ހުޅުމީދޫގައި ފީޒިބިލިޓީ ރިވައިޒް ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. ތ. އަތޮޅުގެ ރަށްތަކުގައި ބިޑް ޑޮކިޔުމަންޓް ތައްޔާރުކޮށް ޓެންޑަރ ކުރެމުގެ މަސައްކަތް ކުރިޔަށް ދަނީ.
މުއައްސަސާ:
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް
ފަންޑިންގ:
- ހިލޭ އެހީ (އޭ.ޑީ.ބީ)
- ލޯން އެހީ (އީ.އައި.ބީ)
- ޑޮމެސްޓިކް ބަޖެޓް (ދިވެހި ސަރުކާރު)
- ލޯން އެހީ (އީ.އައި.ބީ)
2020 ގެ ބަޖެޓް :
246,867,197.00 ރ
އެންމެފަހުން އަޕްޑޭޓްކުރި: 7 އޭޕްރިލް 2020

އަޕްޑޭޓުތައްއަދި އަޕްޑޭޓެއް ނެތް