މަޝްރޫއުތައް
ދާއިރާ: ފަންނުވެރިކަމާއި، ސަގާފަތާއި ތަރިކަ
ޖުމްލަ މަޝްރޫއުގެ އަދަދު: 9
ސްޓޭޓަސް ތަފްޞީލު:
މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ހުރި ބިންތަކުގެ ތަފްސީލު ހޯދުަމަށް އައްޑޫ ސިޓީ ކައުންސިލަށް ސިޓީ ފޮނުވި ނަމަވެސް ޖަވާބު ލިބިފައިނުވާތީ އާޓްސް އެންޑް ކަލްޗަރ ސެންޓަރ އިމާރާތުގައި ހިމަނަން ބޭނުންވާ ޖާގައާ، އާޓްސް އެންޑް ކަލްޗަރ ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މިކަމަށް ބޭނުންކުރެވޭ ފަދަ އިމާރާތެއް ހުރިނަމަ، އެކަމާ ގުޅޭ މަޢުލޫމާތު މި މިނިސްޓްރީއާ ޙިއްސާކޮށްދެއްވުން އެދި ދެވަނަ ސިޓީއެއް 2022 އޭޕްރީލް 24 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލަށް ފޮނުވިފައި، ތަނަށް އެންމެ އެކަށޭނެ އިމާރާތެއް މިވަގުތު ނެތް ކަމަށާއި، ތަން އެޅުމަށް ބިމެއް ހަމަޖައްސައި ދެވިދާނެކަމަށް ކައުންސިލް އިން ވިދާޅުވެފައިވޭ. މިނިސްޓަރ އައްޑުއަށް ކުރެއްވި ދަތުރުފުުގައި މިކަމާގުޅިގެން ކައުންސިލްއާ މަޝްވަރާކުރެއްވުމުން ކައުންސިލްގެ ލޭންޑް ޔޫޒް ޕްލޭން ފައިނަލް ކުރަމުންދާ ކަމަށާއި، ޕްލޭން ފައިނަލް ވުމުން ބިމުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް ކައުންސިލް އިން ވިދާޅުވެފައިވޭ، ކައުންސިލާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމިފައި، ޖާގައެއް ހޯދައި ދިނުމަށް ޕޮލިސީ އޮފީހާ މަޝްވަރާކުރެވިފައި, އައްޑޫ ސިޓީ ކައުންސިލް އިން ވަނީ ކަލްޗަރަލް ވިލެޖް އެޅުމަށް ޕްރޮޕޯސަލް މިނިސްޓްރީއާ ހިއްސާކުރައްވާފައި، އެގޮތުން ކަލްޗަރަލް ސެންޓަރ އެޅުމަށް ލިބުނު ބަޖެޓުން ކަލްޗަރަލް ވިލެޖްގެ ކޮންސެޕްޓް ތައްޔާރުކުރުމުގެ ގޮތުން މައުލޫމާތު ޝީޓު ތައްޔާރުކުރުމާއި ހުއްދަ ހޯދަންޖެހޭ މުވައްސަސާތަކުގެ ހުއްދަ ހޯދުމުގެ މަސައްކަތް ނިމިފައި، ދެކުނު އާޓްސް ކަލްޗަރ ސެންޓަރ ކޮންސެޕް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވިފައި، ދެކުނު އާޓްސް ކަލްޗަރ ސެންޓަރ ކޮންސެޕް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން ލިބުނު ބިޑުގައި ބޭނުންވާ ޑޮކިއުމެންޓްސް ހަމަނުވާތީ އަލުން އިއުލާން ކުރެވިފައި. ދެ ފަހަރަށްވެސް އިޢުލާން ކުރުމުން އެއްވެސް ފަރާތެއް ބިޑު ހުށަހަޅާފައިނުވާތީ، އިންވިޓޭޝަން ބިޑު ހުށަހެޅުމަށް ވަނީ މެއިލްކުރެވިފައި، އިންވިޓޭޝަން ބިޑަށް އެއްވެސް ފަރާތަކުން ހުށަހަޅާފައެއްނުވޭ،
މުއައްސަސާ:
މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ޕްރީ ޓެންޑަރިންގ މަރުހަލާގައި
ސްޓޭޓަސް ތަފްޞީލު:
މި މަޝްރޫއުގެ ތެރެއިން ގާއިމް ކުރާނެ ސައިޓް މިއުޒިއަމްތައް ތަރައްގީ ކުރާން ރަށްތަކާއި ކުރާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ގުޅުން ހުރި ފަރާތްތަކާއިއެކު މަޝްވަރާކުރުން.
އައްޑޫ މީދޫ ކޯގަންނު ސަރަޙައްދު:
2021 އޮގަސްޓް މަހު އައްޑޫގެ ފުރަބަނދު ނިމުމުން އާކިޓެކްޗަރަލް ކުރެހުންތަކުގެ ކޮންޓްރެކްޓް ކުރެވިފައިވާ ފަރާތް ވަނީ އައްޑޫ ކޯގަންނު ގަބުރުސްޠާނަށް ޒިޔާރަތްކޮށް ސައިޓް އެނަރލިސިސް ހަދާފައި، 2021 ސެޕްޓެމްބަރ ކޮންސެޕްޓް އަދި އާކިޓެކްޗަރަލް ކުރެހުންތައް އަދި ބީއޯކިއު ވަނީ ލިބިފައި، ފެބްރުއަރީގައި މި ސައިޓް މިއުޒިއަމް އަޅާނެ ފަންޑު ހޯދުމުގެ މަސައްކަތް މިނިސްޓަރ އަދި އެ ދާއިރާގެ އިއްޒަތްތެރި މެމްބަރ ރޮޒޭނާ އާދަމް އާއި އެކު މަސައްކަތް ފެށުނު އެގޮތުން 24 ފެބްރުއަރީ 2022 ވަނަ ދުވަހު އައްޑޫ ސައިޓް މިއުޒިއަމް ކޮންސެޕްޓް އަދި ބީއޯކިއު ވަނީ އިންޑިއަން ހައިކޮމިޝަނަރ އާއެކު ހިއްސާކޮށްފައި.
ހއ.ކެލާ ލިލީ ހައުސް:
އިމާރާތް މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް 2021 ވަނަ އަހަރު ކޮށް ނިމިފައި. މިތަން ތަރައްޤީ ކުރާނެ ގޮތަކާ މެދު ކައުންސިލާ މަޝްވަރާކުރުމަށް ރޭވިފައި. 2022 އޭޕްރީލް 12 ގައި ކައުންސިލްއާއި އެދާއިރާގެ އިއްޒަތްތެރި މެމްބަރާއި އެކު މީޓިން ބާއްވާ ނިމުނީ ކައުންސިލް އިން އެތަން ބަލަހައްޓާނެ މެނޭޖްމަންޓް ޕްެލޭން އަދި އެތަން ބޭނުންކުރާނީ ކޮންގޮތަކަށްކަން ރައްޔިތުންނަށް މަޝްވަރާކުރުމަށްފަހު ކަންސިލުން ނިންމާ ގޮތެއް މަރުކަކަޒަށް އެންގުމަށް.
ތ.ކިނބިދޫ މައުލޫދު ހަރުގެ:
އިމާރާތް މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް 2021 ވަނަ އަހަރު ކޮށް ނިމިފައި. މިތަން ތަރައްޤީ ކުރާނެ ގޮތަކާ މެދު 2022 ފެބްރުއަރީ 22 ގައި ކައުންސިލާ މަޝްވަރާކުރެވިފައި. ކައުންސިލުން ރައްޔިތުންނާއި މަޝްވަރާކުރެއްވުމަށްފަހު ޚިޔާލު ފޮނުއްވާނެ ކަމަށް ވިދާޅުވި. ރައްޔިތުންނާއި މަޝްވަރާކުރެއްވުމަށްފަހު ރައްޔިތުންގެ ޚިޔާލާއެކު ކައުންސިލް އިން ނިންމި ގޮތެއް މިމަރުކަޒަށް އަންގަވާފައި ނުވާތީވެ 2022 އޭޕްރީލް 11 ގައި މިމަރުކަޒުން އެކަމާ ގުޅިގެން ސިޓީ ފޮނުވިފައި. 2022 ޖޫން 02 ގައި ތަރައްގީކުރުމުގެ ޕްލޭން އާއި އޭސީ ކުރުމުގެ ކޯޓޭޝަން ވަނީ ކައުންސިލް ފަރާތުން މިމަރުކަޒަށް ފޮނުވާފައި. 2022 ޖޫން 04 ގައި މިމަރުކަޒުގެ ފަރާތުން ޓީމެއް ތ.ކިނބިދޫއަށް ވަޑައިން އެ ކައުންސިލްއިން ފޮނުވައިފައިވާ މެނޭޖްމަންޓް ޕްލޭން ޗެކްކޮށް ބަލައި ފާސްކުރުމަށް ދަތުރުކުރެވުނެވެ. އަދި މިކަމުގައި ކުރިއަށް ދާނެގޮތެއް މި މަރުކަޒު ފަރާތުން ވަނީ ކައުންސިލަށް ދެވިފައި.
ގދ.ފަރެސްމާތޮޑާ އަޓިގެ:
2020 ގައި އިއުލާނުކުރެވުނު. ނަމަވެސް އެއްވެސް ފަރާތަކުން ކުރިމަތި ނުލައްވާ. 2021 ގައި މިކަމަށް ފައިސާ ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދެވޭ. 2022 ފެބްރުއަރީގައި މަސައްކަތަށް އިއުލާނު ކުރުމުގެ ކުރިން މައުލޫމާތު ޝީޓު ކައުންސިލުގެ ލަފާ ހޯދުމަށް ފޮނުވާފައި. 2022 މާރިޗު 28 ގައި އިއުލާން ކުރުމަށް ނިންމިފައި. 2022 މާރިޗު 28 ގައި އިއުލާން ގެޒެޓް ކުރެވިފައި. ޕްރީ ބިޑް މީޓިންގ 2022 އޭޕްރީލް 05 ވަނަ ދުވަހު. 2022 އެޕްރީލް 05 ވަނަ ދުވަހު ބިޑްގެ މައުލޫމާތު ދެވިފައި. އަދި 2022 އެޕްރީލް 13 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް. އަންދާސީ ހިސާބު އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީވެ އަލުން އިއުލާން ކުރުމަށް. ދެވަނަ ފަހަރަށް އިއުލާން ކުރެވި މައުލޫމާތު 2022 މޭ 11 މޭ ގައި ދެވިފައި، 2022 މޭ 18 ގައި އެއްވެސް ފަރާތެއް ބިޑް ހުށަހަޅާފައި ނުވާތީ އަލުން އިއުލާން ކުރުމަށް ނިންމިފައި. އަދި ތިން ފަހަރުކަމުން އިންވިޓޭޝަން ބިޑްގެ އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި. އިއުލާން ހުއްދަ ހޯދުމަށް ފޮނުވިފައި. 2022 ޖޫން 07 ގައި އިންވިޓޭޝަން ބިޑްގެ ގޮތުގައި ކުރިއަށް ދިއުމަށް މެއިލް ކުރެވުން.
ހއ.ބާރަށް ވާރުގެ އަދި ކަޅުއޮށްފުންމި ބަހައްޓާނެ ހަރުގެ:
އިއުލާނު ކުރުމަށް މައުލޫމާތު ޝީޓު ތައްޔާރުކޮށް ކައުންސިލުގެ ކޮމެންޓަށް ފޮނުވާފައި. ކޮމެންޓްތައް ލިބުމުން އިއުލާނު ކުރުމުގެ މަރުހަލާ ކުރިއަށްގެންދިއުން. މައުލޫމާތު ޝީޓު ކޮމެންޓްކޮށް ފައިނަލް ކުރެވިފައިވާތީ 2022 މާރިޗު 24 ގައި އިއުލާން ކުރުމަށް ނިންމިފައި. 2022 މާރިޗު 24 ގައި އިއުލާން ގެޒެޓް ކުރެވިފައި. ޕްރީ ބިޑް މީޓިންގ 2022 އޭޕްރީލް 04 ވަނަ ދުވަހު. 2022 އެޕްރީލް 04 ވަނަ ދުވަހު ބިޑްގެ މައުލޫމާތު ދެވިފައި. އަދި 2022 އެޕްރީލް 13 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް. 2022 އެޕްރީލް 13 ގައި 02 ފަރާތުން އަންދާސީ ހިސާބު ހުށަހެޅިފައި. އަންދާސީ ހިސާބު އިވަލުއޭޓްކުރުމަށް ފަހު ބިޑް ކޮމިޓީއަށް ފޮނުވިފައި. ބިޑް އެވޯޑްކުރެވި އެގްރިމެންޓް ސޮއިކޮށް މަސައްކަތް ހަވާލުކުރެވިފައި.
މުއައްސަސާ:
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު
ސްޓޭޓަސް ތަފްޞީލު:
"- އޮލިމްޕަސް ހުޅަގު ފަރާތު ގޯތި ތެރޭގައި ހުރި 3 ގަސް ކެނޑުމާއި ހުޅަގުފަރާތު ފާރުއަރިއަޅާފައިވާބައި ތަޅާލާ އަލުންފާރު ރޭނުމުގެ މަސައްކަތް: 3 ގަސް ކަނޑާ ނިމިފައި ، ނަމަވެސް ގަހުގެ މޫތައް ކުރިން ލަފާ ކުރިވަރަށްވުރެ ބޮޑެތިވެފައި މަގުމަތީ ފާރުގެ ދަށުން މޫތައް ދުވެފައިވާތީ ގަހުގެ މޫތައް ނެގެން އަންނަނީ ފާރާއި ދޮރާށި ނަގައިގެން ކަމަށްވާތީ އެ މަސައްކަތް ސިންގަލް ސޯސް މަސައްކަތެއްގެ ގޮތުގައި ވަނީ ކޮށްނިމިފަ.
- އޮލިމްޕަސް ޓިކެޓް ކައުންޓަރުގެ މަސައްކަތް، ހޯލް އޭސީ މަރާމާތުކުރުމާއި ސާރވިސް ކުރުން، އިމާރާތުގެ ފުރާޅުގެ ދިޔަދޮވިތަކުގެ މަސައްކަތް، އޮލިމްޕަހުގެ ޓެރަސްތަކާއި ކޮރިޑޯތަކުގެ ފެންފައްތަކާއި، ޝީޓްތައް މަރާމާތުކޮށް ތަޅުން އަޅާ މުށިޖެހުން، އޮލިމްޕަހުގެ ފާޚާނާ ބަރި މަރާމާތުކުރުމަށް މިވަގުތަށް ކުރަންޖެހޭ މަސައްކަތް ވަނީ ނިމިފައި.
- އޮލިމްޕަސް ކެފޭއާއި ކެފޭ ސަރަހައްދުގެ މަސައްކަތްތަކުގެ ތެރެއިން މައި ޖަންކްޝަނާއި އޮއިލްފިލްޓަރ ޖަންކްޝަންގެ މަސައްކަތްތައް އިތުރު ކުރެވި އެ މަސައްކަތްތައް ވަނީ ނިމިފައެވެ.
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަހަށްވަދެ ނިކުމެވޭގޮތަށް ހަދާ ރޭންޕާއި، ކޮރިޑޯގެ ތަޅުމާއި، އޮލިމްޕަހަށް ވަންނަ ބޮޑުދޮރުގެ މަސައްކަތް: ބޮޑުދޮރު ގައި ގަރާޖް ގޭޓް ވަނީ ހަރު ކޮށްނިމިފައި އަދި ހޯލްތެރޭގައި ތަޅުން އަޅާ އެއްވަރު ކުރެވިފައި، ރޭމްޕް ހެދުމުގެ މަސައްކަތް ނިމިފައި، ރޭލިންގ ގެ މަސައްކަތް ނިމިފައި، އޮލިމްޕަސް ހޯލު އެތެރޭގެ ކުލަލުމުގެ މަސައްކަތާއި ތަޅުމުގެ ދަވާދުލުން އަދި ބެކްސްޓޭޖް ކޮރިޑޯގެ ފުރާޅާއި ސީލިންގގެ މަސައްކަތް ނިމިފައެވެ.
އޮލިމްޕަހުގައި ހިންގޭ ހަރަކާތްތައް އިޝްތިހާރު ކުރުމަށް އޮލިމްޕަހުގެ މައި ދޮރު މަތީގައި ލެޑް ޕެނަލް ބެހެއްޓުމަށް ބަޔަކާއި ހަވާލުކޮށްފައި. އޮލިމްޕަހުގެ 2 ވަނަ ބުރީގައި ހުރި ފެންހަރު ނަގައި މުށިޖެހުން: މަސައްކަތް ނިމިފައި، މެނޭޖްމަންޓް ރޫމް ހެދުމުގެ މަސައްކަތް: މަސައްކަތް ނިމިފައި، އެލްމިނިޔަމް ގޭޓްދޮރު ހަދާ އިންސްޓޯލް ކުރުން: މަސައްކަތް ނިމިފައި، ޓިކެޓް ކައުންޓަރގަ މިހާރު ޖަހާފަހުރި މުށި ނަގާ އަލުން ވޯޓަރޕްރޫފް ކެމިކަލް ބޭނުންކޮށްގެން އަލުން މުށިޖެހުން: މަސައްކަތްނިމިފަ، ކޮރިޑޯގެ މަތީ ހުރަސް 2 ފާރުގެ ސިމެންތި ކޮށާ އަލުން ސިމެންތިޖަހާ މަރާމާތުކޮށް ފެންފަށް ރަނގަޅުކުރުން: މަސައްކަތް ނިމިފައި، އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ޕްރޮޖެކްޓަރެއް ހޯދައި، ސަރވާއާއިއެކު އިންސްޓޯލްކޮށް، އޮލިމްޕަސް ހޯލްގެ ސަރައުންޑު ސައުންޑް އިންސްޓޯލްކޮށް، ރޫމް ކަރެކްޝަން ހެދުމާއި ޑޮލްބީ ސެޓްފައިލްކުރުުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރެވިފައި. އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލް ، ފާރާއި ސީލިންގުގައި ޖަހާ ސްޕޮންޖް އަދި ފްލޯކާޕެޓް ސަޕްލައި ގެ މަސައްކަތް ނިމިފައި، އޮލިމްޕަސް ބިލްޑިންގ އާއި ހޯލުގެ ބޭރު ފާރުތަކާއި ހުޅަނގު ފަރާތު ކޮރިޑޯގެ ތަނބުތަކާއި، ބީމްތަކާއި ފާރުތައް މަރާމާތުކޮށް ކުލަލާނެ ބަޔަކު ހޯދުމަށް އިއުލާން ކުރެވިފައި، މަސައްކަތް ނިމިފައި، އޮލިމްޕަސް ހޯލާއި ސްޓޭޖް އަދި ސްޓޭޖާ ގުޅިގައިވާ ޗޭންޖިންގ ރޫމްތައް ކަތުރުފަނިން ރައްކާތެރި ކުރުމަށް ކެމިކަލް ޓްރީޓްމަންޓް ކޮށް ނިމިފައި، އޮލިމްޕަސް ބެކްސްޓޭޖަށް ވަންނަ ދޮރު ބިއްލޫރި ކަހާ ދޮރަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މެނޭޖްމަންޓް ރޫމްގެ ލައިޓްސް ސޮކެޓް އަދި ސްވިޗްސް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި، މެނޭޖްމަންޓް ރޫމްގައި 12000 ބީޓީޔޫ އޭސީ އެޅުވުމުގެ މަސައްކަތް ނިމިފައި.
އޮލިމްޕަހުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ބަޔަކު ހޯދުމަށް އިޢުލާންކޮށް ބިޑް އިވެލުއޭޓް ކުރެވިފައި، އޮލިމްޕަހުގައި ފިލްމް ސްކްރީން ކުރުމަށް ސްކްރީންއެއް ހޯދުމުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހަމަޖެއްސުމަށް ސިންގަލް ސޯސް ފޯމްތައްޔާރު ކުރެވި އެކަމުގެ މަސައްކަތް ކުރިޔަށްދަނީ، އޮލިމްޕަހުގައި ފިލްމް ސްކްރީން ކުރުމަށް ޕްރޮޖެކްޓަރ، އިންސްޓޮލް ކޮށް އަދި އޮލިމްޕަސް ހޯލްގެ ސަރައުންޑް ސައުންޑް އިންސްޓޯލް ކުރުމުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހަމަޖެއްސުމަށް ސިންގަލް ސޯސް ފޯމް ތައްޔާރު ކުރެވި އެކަމުގެ މަސައްކަތް ކުރިޔަށްދަނީ.
އޮލިމްޕަސްހޯލް އަދި ރިހާސަލް ރޫމް އެކޯސްޓިކް ޓްރީޓް ކުރުމަށް ބޭނުންވާ ތަކެތި ރާއްޖެވަނީ ގެނެވިފައެވެ. އަދި މިމަސައްކަތް ކުރުމަށް މިހާރުވަނީ ބަޔަކާ ޙަވާލު ކުރެވިފައެވެ.
-އޮލިމްޕަސް ރިހާސަލްރޫމް އަދި ޑާންސް ރޫމުގައި ނޮވިލޯނު އަޅާ ރަހަބިއްލޫރި ޖެހުމުގެ މަސައްކަތްވަނީ ނިމިފައެވެ.
އޮލިމްޕަސް ޕްރޮޖެކްޓަރ ރޫމްގެ އެތެރެއާއި ބޭރު ކޮރިޑޯގެ ފާރުތައް މަރާމާތުކޮށް ސީލަރުލާ ކުލަލުމާއި ސީލިންގުގައި ކުލަލުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރެވި މަސައްކތްވަނީފެށިފައެވެ.
އޮލިމްޕަސް ހޯލުގެ ދެފަރާތު ބޮކްސް ގެ އާނގަ ލަކުޑިން ފްރޭމްހަދާ ސޮލިގްނަމްލާ 06 އެމް އެމްގެ ސިމެންތިފިލާ ޖެހުމަށް ބަޔަކާ ޙަވާލުކުރެވި މަސައްކަތްވަނީ ނިމިފައެވެ. އޮލިމްޕަސް އެކޯސްޓިކް ޓްރީޓްމަންޓްގެ މަސައްކަތް ވަނީ ނިމިފައި.
މުއައްސަސާ:
ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް
މުއައްސަސާ:
ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ޕްރީ ޓެންޑަރިންގ މަރުހަލާގައި
ސްޓޭޓަސް ތަފްޞީލު:
- ހއ.އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ އިރުމަތި ފަރާތުގައި ހުންނަ ބާ ސުކޫލު އިމާރާތުގެ 3 ކްލާސްރޫމް ގުޅުވައިގެން މިއުޒިއަމް ހެދުމަށް އިޢުލާންކުރުމުން، ލިބިފައިވާ ބިޑްތައް ބަޖެޓަށްވުރެ ބޮޑުވުމުން އަލުން ދެވަނަ ފަހަރަށް 12 ސެޕްޓެމްބަރު 2022 ގައި ޓެންޑަރކުރުމުން ބީލަން އުޞޫލާ އެއްގޮތަށް ހުށަހެޅި ފަރާތުން ލިޔުކިޔުންތައް ހުށަހަޅާފައި ނުވާތީ އިންވައިޓެޑް ބިޑް އުޞޫލުން ކުރިއަށްގެންދިއުމަށް ބިޑް ކޮމިޓީން ނިންމާފައި. މި މަސައްކަތް 2023 ވަނަ އަހަރުގެ Q1 ގައި އިޢުލާނުކުރުމަށް ލަފާކޮށްފައި
- ޢަމަލީ މަސައްކަތް މެއި 2023 ގައި ފެށޭނެކަމަށް ލަފާކޮށްފައި
މުއައްސަސާ:
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު
ސްޓޭޓަސް ތަފްޞީލު:
ފަރނިޗަރ އެންޑް އިލެކްޓްރޯނިކްސްގެ މަސައްކަތް
- ފަރނިޗަރ އަދި އެކޮމޮޑޭޝަން ބްލޮކްގައި ކަރަންޓްލުމުގެ މަސައްކަތް 14 ސެޕްޓެމްބަރު 2022 ގައި ނިމިފައި
ކޮންޓްރެކްޓަރ: އެކްޗުއަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ކޮންޓްރެކްޓް އަގު: 799,171.10 ރުފިޔާ
އެކަމަޑޭޝަން ބްލޮކް
- ހުރިހާ މަސައްކަތެއް 25 ސެޕްޓެމްބަރު 2022 ގައި ނިމިފައި
ކޮންޓްރެކްޓަރ: ކަވި މާޓް
ކޮންޓްރެކްޓް އަގު:. 137,939 ރުފިޔާ
މުއައްސަސާ:
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު
ސްޓޭޓަސް ތަފްޞީލު:
ޕްލޭންކޮށްފައި
މުއައްސަސާ:
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ސްޓޭޓަސް ތަފްޞީލު:
- ޓެންޑަރކޮށް، ބިޑް އިވެލުއޭޝަން ނިންމައި 26 ޖަނަވަރީގައި ކޮންޓްރެކްޓް ކުރެވޭނެކަމަށް ލަފާކޮށްފައި.
މުއައްސަސާ:
މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ސްޓޭޓަސް ތަފްޞީލު:
ރިޓެންޝަން މުއްދަތުގައި
މުއައްސަސާ:
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ