މަޝްރޫއުތައް

ޑޯނަރު: ސީ.ޑީޕީ

ރަށް / އަތޮޅު / ސިޓީ
ކެޓަގަރީ
އަތޮޅު
ރަށް
ޓެގު
ރިސެޓް
ޖުމްލަ މަޝްރޫއުގެ އަދަދު: 1
ސްޓޭޓަސް ތަފްޞީލު:
- އައްޑޫ ސިޓީގައި 10 މެގަވޮޓުގެ ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި ބީލަން ކަރުދާސް ހެދުމަށް ބޭނުންވާ ސަރވޭތައް ކުރިއަށް ދަނީ. މި ފިޔަވަހި 2022 ޖެނުއަރީ މަހު ބީލަމަށް ހުޅުވާލުމަށް ވަނީ ރޭވިފައި. - ލ. ގަން، ލ. ފޮނަދޫ، ލ. ދަނބިދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ.މާވަށް، ލ. ކުނަހަންދޫ، ލ. ހިތަދޫ، ޅ. ނައިފަރު، ށ. ފުނަދޫ އަދި ގއ. ވިލިނގިލި 11-14 މެގަވޮޓުގެ ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތަށް ބިޑަރުން ޕްރީކޮލިފައި ކުރުމަށް ހުޅުވައި ބިޑަރުން ހުށަހާޅާފައިވާ އެޕްލިކޭޝަންސްތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. އަދި 2022 ޖެނުއަރީ މަހު ފާސްވި ބިޑަރުންނަށް ބީލަމަށް ހުޅުވާލުމަށް ބިޑް ޑޮކިއުމަންޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. - ލ. ގަން، ލ. ފޮނަދޫ، ލ. ދަނބިދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ.މާވަށް، ލ. ކުނަހަންދޫ، ލ. ހިތަދޫ، ޅ. ނައިފަރު، ށ. ފުނަދޫ އަދި ގއ. ވިލިނގިލީގައި 40 މެގަވޮޓް ހަވަރގެ ބެޓަރީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތައް ބިޑަރުން ޕްރީކޮލިފައި ކުރުމަށް ހުޅުވައި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދަނީ. އަދި 2022 ޖެނުއަރީ މަހުގައި ފާސްވާ ބިޑަރުންނަށް ބީލަމަށް ހުޅުވާލުމަށް ބިޑް ޑޮކިއުމަންޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. - އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ލ. ފޮނަދޫ، ލ. ދަނބިދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. ހިތަދޫ، ށ. ފުނަދޫ ގައި ކަރަންޓު ވިއުގަ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް 2022 ޖެނުއަރީ މަހު ބީލަމަށް ހުޅުވާލުމަށް ބީލަން ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ.
މުއައްސަސާ:
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ