Toggle navigation
ރަށްތައް
މަޝްރޫޢުތައް
ޑައުންލޯޑްސް
އެޑްމިން ލޮގިން
EN
ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >
ބ.މާހުރުވަޅި ފަރުގެ ސަރަހައްދު
ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 1872.60
ހިމާޔަތްކުރި ތާރީޙް: 5 ޖޫން 2011
އިއުލާން/ގަވާއިދު ނަންބަރު:
138-FS2/1/2011/35
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
މިސަރަހައްދާއި މިސަރަހައްދުގެ މާހައުލަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުވަތަ ބަދަލެއް އަތުވެދާނެ އެއްވެސް ޢަމަލެއްކުރުން.
ގަލާއި ވެއްޔާއި އަކިރި ނެގުން.
އެއްވެސް ބާވަތެއްގެ އެއްޗެއް އެޅުން ނުވަތަ އުކާލުން.
މީހަކަށް ނުވަތަ އުޅަނދަކަށް ގެއްލުން ލިބޭނެ ފަދަ ނުރައްކަލެއް ކުރިމަތިވެއްޖެ މަޖުބޫރީ ހާލަތެއްގައި މެނުވީ މި ސަރަހައްދުގައި ނަގިލި ނުވަތަ ލޮތާރީގެ ބޭނުންކޮށްގެން ފުރާދުއްވާ އުޅަނދުފަހަރު އެޅުން.
މި ސަރަހައްދަށް އެރި އުޅުމުގައި އެއްވެސް ބާވަތެއްގެ ދިރުމެއްގައި އަތްލައި ގޯނާކޮށް ހެދުން.
މި ސަރަހައްދުގައި 10 ނޯޓިކަލް މޭލަށްވުރެ ބާރު ސްޕީޑެއްގައި އުޅަނދުފަހަރު ދަތުރުކުރުން.
މި ސަރަހައްދުން ދޫނިސޫފާސޫފި ހިފުމާއި ނެގުމާއި މެރުން.
މާހުރަވަޅީގެ ސަރަހައްދުން ޒަމާނުއްސުރެ އެންވެރިކަން ކުރަމުން އައިގޮތް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްކުރުން. މިގޮތުން ދިއްލައިގެން މިސަރަހައްދުގައި މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.