
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2019/150
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ހއ. އިންނަފިނޮޅު |
ބިލެތްދޫ ތިލައަކީ އިހަވަންދިއްޕޮޅު އަތޮޅު އުތުރުބިތުގައި އޮންނަ 227 ހެކްޓަރުގެ ތިލައެކެވެ. ބިލެއްދޫ ތިލަ ސަރަހައްދުގައި ހިމެނެނީ ބިލެއްދޫ ތިލައާއި އިންނަފިނޮޅެވެ. މިތިލައަކީ ރާއްޖޭގެ އެންމެ އުތުރުން ފީނާމީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ތިލައެވެ. މިތިލައަކީ، އެކި ނަސްލުތަކުގެ ދިރުންތައް ގިނައަދަދަކަށް އުޅޭ، ރާއްޖޭގެ ނިސްބަތުން ގުނާލެވޭ މަޝްހޫރު ޑައިވް ސައިޓެކެވެ. މިތިލަ ޚާއްސަވެފައިވަނީ އެއް ސަރަހައްދަކުން އެންމެ ގިނަ ބާވަތް ބާވަތުގެ ކަނޑުއަޑީގެ ދިރުންތައް ގިނަ އަދަދަކަށް ފެންނަ ސަރަހައްދެއްގެ ގޮތުގައި ނުވަތަ "އެކުއޭރިއަމް" އެއްގެ ގޮތުގައެވެ. މިގޮތުން އެންމަޑި، މާހުޅުނބު ލަނޑާ، މިޔަރު، ވެލާކަހަނބު ފަދަ މުޙިއްމު ދިރުންތައް ދިރިއުޅެއެވެ. އަދި މިތިލަ ސަރަހައްދުގައި މަންޓާ ކްލީނިން ގސްޓޭޝަނެއް ހިމެނެއެވެ. މިގޮތުން 20 މީޓަރު އަޑީގައި ތަފާތު ބާވަތުގެ ދިރުންތަކާއި، އެއަށްވުރެ އަޑީގައި ބޮޑެތި ހޮހަޅަތަކެއްވެސް ހުރެއެވެ. އަދި މިހޮހަޅަތައް ފުރިފައިވަނީ، ގިނަ އަދަދެއްގެ ނިދަން މިޔަރު (Nurse Shark) އިންނެވެ. އަދި މިތިލައިގެ ވަށައިގެން އެންމަޑި (Manta Ray) އާއި ވޮށިމަސް (DogtoothTuna) ގިނަ އަދަދަކަށް ފެނެއެވެ. އިންނަފިނޮޅަކީ ގިނައަދަދެއްގެ ކަނޑުމަތީ ދޫނި ޖަމާވެ އުޅޭ، ބިސްއަޅާ ވިހާ އާލާވާ ރަށެކެވެ.
ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން: