
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2018/322
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ހއ. ބާރަށް |
ހއ. ބާރަށަކީ އުފެދިފައިވާ ގޮތަށް ބަލާއިރުވެސް އެހެން ރަށްރަށާއި ޚިލާފުގޮތަކަށް އުފެދިފައިވާ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އަރަބި އަކުރުގެ "ب "އިންނަ ގޮތަށް އުފެދިފައިވާ މިރަށުގެ އިރުމަތީފަރާތުގެ ބޮޑު ސަރަހައްދެއްގައި ކުޅި، ފާ، ޗަސްބިމުގެ 10 މާހައުލެއް އުފެދިފައިވެއެވެ 256.7 ހެކްޓަރުގެ މިރަށުގެ 39 ހެކްޓަރުގައި ކުޅީގެ ސަރަހައްދު ހިމެނިފައިވެއެވެ. ބުނެވޭގޮތުގައި މި ރަށުގެ ކުޅީގެ ސަރަހައްދަކީ 1570ގެ އަހަރުތަކުގައި ބޮޑުތަކުރުފާނު ޕޯޗުގީޒުންނަށް ފިއްލެވުމަށް ކަޅުއޮށްފުންމީގައި ވެންނެވި އެއްސަރަހައްދެވެ. މި ރަށުގައި މިހާރު 10 ކުޅި އޮތް ކަމުގައި ވިޔަސް ކުރިން މިސަރަހައްދަކީ އެއް ކުޅިކަމުގައި ޤަބޫލުކުރެވެއެވެ. މި ރަށުން 6 ބާވަތެއް ގެ މެންގްރޫވް ގަސް ހުރިކަން ފާހަގަ ކުރެވޭއިރު ވަރަށް ގިނަ އަދަދަކަށް ކަނޑުލާއި ރަނޑޫ ހުރިކަން ފާހަގަ ކުރެވެއެވެ. މި ސަރަހައްދުން ގިނަ އަދަދެއްގެ ދޫނި ފެނިފައިވާއިރު ވަރަށް މަދުންފެންނަ ދޫންޏެއް ކަމަށްވާ ޗޮންޗޮން އިލޮޅިވެސް މި ސަރަހައްދުގައި އުޅޭކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މިރަށުގެ މޫދާ ގުޅިފައިވާ ކުޅީގެ ސަރަހައްދުތަކަކީ ޅަ ވެލާ، އެންމަޑި، މަސް އަދި މިޔަރު ފަދަ ތަކެތީގެ ނާރސަރީއެކެވެ.
ބަފަރ ޒޯން އަދި ކޯ އޭރިއަގައި ހުއްދަ ކަންކަން:
ހަމައެކަނި ބަފަރ ޒޯންގައި ހުއްދަކަންކަން:
ބަފަރ ޒޯން އަދި ކޯ އޭރިއާ ހިމެނޭގޮތައް: