
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2018/322
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ހދ. ކޭލަކުނު |
ހދ. އަތޮޅަށް ނިސްބަތްވާ ކޭލަކުނަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ޚާއްޞަ ބާވަތްތަކުން މުއްސަނދި، އަދި ދިރޭތަކެތީގެ ނަސްލާއި އިންސާނުންގެ ހަރާކަތްތަކާއި ގުޅިފައިވާ މީހުންދިރިނޫޅޭ ރަށެކެވެ. މިރަށަކީ އާދަޔާ ޚިލާފަށް ފެހި، ރަށުގެ އިރުމަތީ ފަރާތުގައި ކުޅި، ފާ، ޗަސްބިން އެކުލެވޭ ގޮތަށް އުފެދިފައިވާ ރަށެކެވެ. ރަށުގެ ބޮޑުބައެއްގައި ކަނޑޫފަލާއި، ބޮޑަވަކި އަދި ކުއްޅަވައްގަހުގެ އިތުރުން މުޅި ދުނިޔޭގައިވެސް މަދުން މެނުވީ ނުހެދޭ ބާވަތެއް ކަމުގައިވާ "ބަރު" ގަހުގެ ބޮޑު ޖަންގައްޔެއް އުފެދިފައިވާ ތިމާވެށީގެ ގޮތުން ވަރަށް ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މިރަށުގައި ހެދިފައިވާ އެންމެ ބޮޑު ބަރު ގަސްތަކުގެ ވަށަމިނުގައި 24 ފޫޓު ހުންނައިރު 49 ފޫޓަށްވުރެ އުސްކޮށް ހުންނަ ބޮޑެތި ގަސްތައް ބޯކޮށް ހެދިފައިވާކަން ވެސް ފާހަގަކުރެވެއެވެ.
މިރަށުގެ އެންމެ ޚާއްޞަ ސިފައަކީ މިރަށުގެ އިރުމަތީ ފާރާތުގައި ޖަންގައްޔެއްގޮތަށް އުފެދިފައިވާ ކުޅިއާއި ޗަސްބިން (mangroves) ސަރަހައްދެވެ. ބޮޑެތިކޮށް ގިނައަދަދަކަށް ހެދިފައިވާ ކަނޑޫފާ (small-leafed orange mangrove) އަދި ރަނޑޫގެ (red mangrove) އެކި ވަރުވަރަށް ހެދި ބޮޑުވެފައިވާ ގަސްތަކާ، އެގަސްތަކުގެ މޫތަކުން ހެދިފައިވާ ނެޓްވާކެއްގެ ތެރޭގައި ކުދި ކުޅިތަކާއި ބޮޑެތި ބަރު ގަސްތައް (grey mangrove) ފެތުރިފައިވާ ސަރަހައްދަކީ ވަރަށް ރީތި، ހިތްގައިމު އަދި ދިރޭތަކެތީގެ ނަސްލުތައް މުއްސަނދި ސަރަހައްދެކެވެ. މި މާޙައުލުގެ ތަފާތުކަމުގެ އިތުރުން މިސަރަހައްދަކީ "ކާބަން ސިންކް" އެކެވެ. މިރަށަކީ ދޫނީގެ ގިނަ ބާވަތްތަކެއް ގަވާއިދުން ޒިޔާރަތް ކުރާރަށެކެވެ. މިރަށް ސާވޭކުރުމުގެ ތެރޭގައި ކުރި ދަތުރުގައިވެސް 11 ބާވަތެއްގެ ދޫނި ވަނީ ފެނިފައެވެ. މީގެ އިތުރުން ރާއްޖެއިން މަދުން ފެންނަ ދޫންޏެއްކަމަށްވާ ދަނޑިފުޅު ދޫނި (white-tailed tropical bird) ގިނަ އަދަދަކަށް މިރަށުން ފެންނަކަން ފާހަގަކުރެވެއެވެ. މިދޫންޏަކީ އާލާވާން ވަކި ޚާއްޞަ މާޙައުލެއް ބޭނުންވާ ދޫންޏެކެވެ. މީގެ އިތުރުން މިރަށުގެ ގޮނޑުދޮށް ފާހަގަކުރެވެނީ ގިނަ އަދަދަކަށް ވެލާ އަރާ ބިސްއަޅާ ސަރަހައްދެއްގެ ގޮތުގައެވެ.
މިރަށުގެ ގަސްތައް ހެދިފައިވާގޮތް ރާއްޖޭގެ އެހެން ރަށްރަށާއި ތަފާތުވުމާއި، ރާއްޖޭގައި ފޮރެސްޓް ނުވަތަ ބިޔަގަސް އެކުލެވޭ ޖަންގަލީގެ ގޮތުގައި ފާހަގަ ކުރެވޭ މާޙައުލުތައް މަދުވެފައި، މިރަށަކީ އެގޮތަށް ގިންތި ކުރެވޭނެ ސަރަހައްދަކަށްވެފައި މިރަށުގައި ފެންނަންހުރި ކުޅި، ފާ، ސަރަހައްދާއި، ރަށުގެ ފަރުގެ ސަރަހައްދާއި، ދޫނީގެ ބާވަތްތަކުގެ ޙާއްޞަކަމުން މިރަށް ޙިމާޔަތްކޮށް ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ.
ބަފަރ ޒޯން އަދި ކޯ އޭރިއަގައި ހުއްދަ ކަންކަން:
ބަފަރ ޒޯން އަދި ކޯ އޭރިއާގައި ކުރުން މަނާ ކަންތައް:
ބަފަރ ޒޯންގައި ކުރުން މަނާ ކަންތައް: