ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 97.90
ހިމާޔަތްކުރި ތާރީޙް: 17 ޖޫން 2019
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2019/150

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:
ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

މިތިލައަކީ ހދ.ފިނޭގެ ދެކުނުފަރާތު ރަށާއި ގާތްގަޑަކަށް 250 (ދުވިސައްތަ ފަންސާސް) މީޓަރު ދުރުގައި އޮންނަ ތިލައެކެވެ. މިސަރަހައްދު އެކުލެވިގެންވަނީ މައި ދެ ތިލައެއްގެ ގޮތުގައެވެ. އޭގެތެރެއިން ބޮޑު ތިލަ 12 (ބާރަ) މީޓަރުން ފެށޭއިރު ކުޑަކޮށް އޮންނަ ތިލަ ފެށެނީ 18 (އަށާރަ) މީޓަރުން ނެވެ. ފިނޭ ތިލައަކީ ގިނައަދަދަކަށް ރީނދޫ، ނޫ އަދި އޮރެންޖް ކުލައިގެ މަޑު މުރަކަ (Soft Coral) ގިނައަދަދަކަށް ހިމެނޭ ސަރަހައްދެކެވެ. މިސަރަހައްދުގައިވާ ދެތިލަ ދޭތެރެއަކީ ޑައިވަރުން ވަރަށް ޝައުގުވެރިވާ އަދި ވައިފިޔަ މަޑި (Eagle Ray)، މާހުޅުބު ލަނޑާ،(Napolean Wrasse) ތިލަ މިޔަރު (Grey Reef Shark) އަދި ލައްޓި ފަދަ ބޮޑެތި ދިރުންތަށް ފެންނަ ސަރަހައްދެކެވެ. މީގެ އިތުރުން މިސަރަހައްދުން ކުދި ދިރުންތަށް ކަމުގައިވާ ޑިނގާ، އިހި އަދި ނޫޑި ބުރާންޗްގެ ބާވަތްތައް ވެސް ގިނަ އަދަދަކަށް ފެނެއެވެ. މިސަރަހައްދުގައި ގިނަ އަދަދަކަށް ދޮންނޫ މަސް އަދި ހަނދި ވެސް އުޅޭކަމުގައި ޑައިވަރުން ފާހަގަކޮށްފައިވެއެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

  1. ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން.
  2. ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި ގޮތަށް އެންވެރިކަމާއި، މުނިފޫހި ފިލުވުމަށް މަސްވެރިކަން ފިޔަވައި އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން.
  3. ދިރާސާ ކުރުން.
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން.
  2. ދޫނިސޫފާ ސޫފިހިފުމާއި، ނެގުމާއި، މެރުން.
  3. ވެލި، މުރަކަ، އަކިރި، ބޮލި ނެގުން.
  4. ކުނި އެޅުން.
  5. އެކުއާކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްކުރުން.
  6. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން.
  7. ބިންހިއްކުމާއި ފަޅު ފުންކުރުން.