
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2020/209, (initial: E/95/32)
![]() ![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ކ. ތަނބުރުދޫ |
ކ.ތަނބުރުދޫއަކީ މާލެއާ މާލެއާ 17 ކިލޯމީޓަރުން، ކ.އަތޮޅުގެ އިރު އުތުރުކޮޅުގައި އޮންނަ 3.5 ހެކްޓަރުގެ ގާމަތީ ރަށެކެވެ. މި ރަށުގެ ތިމާވެށީގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި މި ރަށުގައި އޮންނަ 0.33 ހެކްޓަރުގެ ފައި ޗަސްބިން ސަރަހައްދު ހިމެނެއެވެ. މި ކަނޑޫފަލަކީ ދިޔަވަރު ބޮޑުވާ ވަގުތު ފެން ހެދިފައި އޮންނަ، ދިޔަވަރު ހިކޭ ގަޑިތަކުގައި ފެން ހިނދޭ ކަނޑޫފަލެކެވެ. މި ރަށުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި، ޙިމާޔަތްކޮށްފައިވާ ދޫންޏާއި، ހިޖުރަކުރާ ދޫނި ހިމެނެއެވެ. މީގެ ތެރޭގައި، ވާކަން، ކަނބިލި، ކިރުދޫނި، އަދި ވައްލަ ނިދަންއަންކަން ފާހަގަކުރެވެއެވެ. އަދި މާކަނާ ހާލި ހަދައިގެން ވިހާ އާލާވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ. މި ރަށުގެ ކުޅީގައި ގިނައަދަދަކަށް ކަނޑޫ ހެދިފައިވާކަން ފާހަގަކުރެވެއެވެ.
މި ރަށުގެ ދެފަރާތުން ނަގާ ބިޔަ ރާޅުތަކަކީ ރާއްޖޭގެ މަދުރަށަކުން ނޫނީ ނުފެންނަ 'އޯޝަނޮގްރަފިކް' ސިފައެކެވެ. މި ރާޅުތަކަކީ ބައިނަލްއަޤްވާމީ ގޮތުން ވެސް ރާޅާއަރާ މީހުންގެ މެދުގައި މަޤްބޫލު ރާޅުތަކެކެވެ. އަދި ތަނބުރުދޫ ވަށައިގެންވާ މޫދުގެ ސަރަހައްދަކީވެސް، ފަރުގެ ދިރުންތައް ގިނަ، މަޑު މުރަކައިގެ ބާވަތްތައް ގިނަ، ފަރުމަހުގެ ދިރުންތައް މުއްސަނދި ސަރަހައްދެކެވެ. މި ސަރަހައްދުގައި ހިމެނޭ ތަނބުރުދޫ ތިލަ ނުވަތަ 'އެޗް.ޕީ ރީފް' އަކީ ޑައިވަރުންގެ މެދުގައި މަޤްބޫލު ޑައިވް ސްޕޮޓެކެވެ. އެޗް.ޕީ ރީފް މަޝްހޫރުވެފައިވަނީ މި ތިލައިގައި ހިމެނޭ މަޑު މުރަކައިގެ ބާވަތްތައް، ހޮހަޅަ ތަކާއި، ހޮހަޅަ ތަކުގެ މަތިން އެލިފައިވާ ފަރުގެ ނިޒާމް (އޯވާހޭންގްސް) ތަކުގެ ސަބަބުންނެވެ. މި ސަރަހައްދު ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި، އެކި ބާވަތްތަކުގެ، މަޑި، ކަޅުވެސް، މިޔަރު އަދި ވެލާ ހިމެނެއެވެ.
ކަނޑުގެ ސަރަހައްދުގައި ކުރުން ހުއްދަ ކަންތައް:
ކަނޑުގެ ސަރަހައްދު އަދި ތަމްބުރުދޫ ތިލަސަރަހައްދުގައި ކުރުން ހުއްދަ ކަންތައް:
ހުރިހާ ސަރަހައްދެއްގައި ކުރުން ހުއްދަ ކަންކަން:
ހުރިހާ ސަރަޙެއްދެއްގައި ކުރުން މަނާކަންތައް:
އެއްގަމު ސަރަހައްދުގައި ކުރުން މަނާކަންތައް: