
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2020/179
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ޅ. ހިރިޔަދޫ ޅ. ސެއްޅިފުށި |
ސެއްޅިފުށި އަދި ހިރިޔަދޫ އަކީ ފާދިއްޕޮޅުގައިވާ އެއްމެ ބޮޑު އެއް ފަޅުރަށް، އިދާރީ ގޮތުން 5 ރަށަކަށް ބަހާލާފައިވާ އިރު، މި ރަށުގެ އެންމެ އުތުރަށް އޮންނަ 2 ރަށެވެ. ޅ. ސެއްޅިފުށި - ހިރިޔަދޫ ސަރަހައްދަކީ ފާދިއްޕޮޅުގެ އިރުމަތީ ބިތުގައިވާ ފަޅުރަށެކެވެ. ތާރީޚީ ގޮތުން ބަލާއިރު މި 5 ރަށް ވަކިން އޮތްކަމަށް ރިކޯޑް ކުރެވިފައިވީ ނަމަވެސް، މި ފަޅުތެރޭގައި އޮއެ ބަދަލުވަމުންދާ ގޮތަށް ބަލައި ރަށްތަކަށް އަވަސް ބަދަލުތަކެއް އަންނަ ކަން ފާހަގަކުރެވިފައިވެއެވެ. މި ސަރަހައްދުގައިވާ ކޮއްލަވާނި (ބޭ) އަކީ ތިމާވެށީގެ ގޮތުން ޙާއްޞަ މާހައުލެކެވެ. މިފަދަ މާހައުލުތަކަކީ ރާއްޖޭގައި ވަރަށް މަދުން ފެންނަ، ފަރުގައި އުޅޭ ދިރުންތައް ވިހައި އާލާވުމަށް މުހިއްމު މާހައުލެކެވެ. މި ރަށުގައިވާ ކުޅީގެ ވަށައިގެން 19 ބާވަތެއްގެ ގަސްގަހާއިގެހި ހެދިފައިވެއެވެ. މި ރަށުގައިވާ ކަހެރުތައް ގަސްތަކަކީ ދިވެހިރާއްޖެއިން ވަރަށް މަދުން ނުފެންނަ، އަދި އާލާކުރުން މުހިއްމު ބާވަތެއްގެ ގަހެކެވެ. އަދި މިރަށަކީ ވެލާ ބިސްއެޅުމަށާއި، ކަނޑުމަތީ ދޫނި ނިދަންއަރާ އަދި ހާލި ހަދާ، މާހައުލުތައް ހިމެނޭ ސަރަހައްދެކެވެ.