ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ދަށުގިރި ފިނޮޅު ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 330.37
ހިމާޔަތްކުރި ތާރީޙް: 8 އޮކްޓޫބަރު 2020
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2020/179

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ޅ. ދަށުގިރިފިނޮޅު

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ޅ. ދަށުގިރި ފިނޮޅަކީ މާފިލާފުށީގެ އުތުރުގައި، ވޭވަށުގެ އިރުމައްޗަށްވާހެން އުފެދިފައިވާ ބޮޑު ވެލިގަނޑެކެވެ. މި ފިނޮޅުގެ ވެލިގަނޑަކީ މޫސުމާއެކު ބަދަލުވަމުންދާ އިރުވެސް، ހުރިހާ މޫސުމެއްގައިވެސް އެންމެ ގިނައިން ދޫނި ފެންނަ ފިނޮޅެއްކަން ފާހަގަކުރެވިފައިވެއެވެ. ކަނޑުމަތީ ދޫންޏަކީ ކަނޑުގެ ނިއުޓްރިއަންޓް ނުވަތަ ކަނޑުފަޅުގެ ދިރުންތަކުން ލިބިދޭ ކާނާ އެއްގަމަށް ގެނެސްދޭ އެންމެ މުހިއްމު އެއް ވަސީލަތެވެ. މިމާހައުލަކީ، ދޫނިތައް ދުވާލުގެ ވަގުތުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލާ، އަދި ރޭގަނޑު ނިދަންއަރާ، ދޫނި ބިސްއަޅާ، ވިހާ އާލާވާ، އިކޮލޮޖިކަލީ މުޙިއްމު މާހައުލެކެވެ. ފޮނޮޅަށް ލިބޭ ހިމާޔަތަކީ މިދޫނިތަކަށްވެސް ލިބިދޭނެ ހިމާޔަތެއްކަމުން، ލާމެހިފައިވާ ވެށީގެ ދިރުންތަކަށް ލިބިދޭ މަންފާއިން މަސްވެރިކަމާއި ފަތުރުވެރިކަމަށް ވެސް އޭގެ ފައިދާ ކުރާނެއެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް
  1. ދިރާސާ ކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
  2. ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން.
  3. ވެލި، މުރަކަ، އަކިރި ނެގުން
  4. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  5. ކުނި އެޅުން
  6. ބިންހުއްކުމާއި ފަޅު ފުންކުރުން
  7. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  8. މޫދު ވިނަ ނެގުން / ގެއްލުން ދިނުން
  9. މަސްމަހާއި މެއްސާއި، ދޫނި ސޫފާ ސުފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
  10. އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން
  11. އަލިފާން ރޯކުރުން
  12. އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
  13. އެއްވެސް ބޭނުމެއްގައި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައި މޫދަށް އެރި އުޅުން
  14. އެކުއާ ކަލްޗަރ / މެރިކަލްވަރ ގެ މަސައްކަތްތައް ކުރުން
  15. އެއްވެސް އެއްޗެއް ނެގުން، ގެއްލުން ދިނުން ނުވަތަ ހިފުން
  16. މާހައުލާއި އުޅޭ ދިރުންތަކަށް ގެއްލުން ލިބިދާނެ، ނުވަތަ ބަދަލެއް އަތުވެދާނެ އެއްވެސް ޢަމަލެއް ކުރުން