ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 1556.47
ހިމާޔަތްކުރި ތާރީޙް: 8 އޮކްޓޫބަރު 2020
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2020/179

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:




ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދަކީ ފާދިއްޕޮޅުގެ އުތުރަށް ވާގޮތަށް، އަތޮޅުގެ މެދުގައި އޮންނަ، ގިނަ އަދަދަކަށް މާގަނޑު ހެދިފައި ހުންނަ، ސޮފްޓް ކޮރަލް އަދި ހާރޑް ކޮރަލް ގިނަ ސަރަހައްދެކެވެ. މި ތިލައަކީ އެކި ފުންމިނުގައި ގިނަ ބާވަތްތަކުގެ މާގަނޑުތަކާއި، މާގަނޑު މަސްތައް ފެތުރިފައިވާ، އެއްތަނަކުން އެންމެ ގިނަ އަދަދަކަށް މާގަނޑު ފެންނަކަމަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭ ތަނެކެވެ. މި ތިލައިން އެންމެ ގިނައިން ފެންނަ މާގަނޑުގެ ބާވަތެއް ކަމަށް ރިކޯޑްކުރެވިފައިވަނީ މެގްނިޕިސަންޓް ސީ އެނިމޯން (Heteractis magnifica) އެވެ. މި ސަރަހައްދުގައި ފާހަގަކުރެވޭ އިތުރު ދިރުންތަކުގެ ތެރޭގައި، ތަފާތު ވައްތަރުގެ މުރަކައިގެ ބާވަތްތަކާއި، މިޔަރާއި، ވެލާ ކަނހަބު ހިމެނެއެވެ. މި ސަރަހައްދުގައި 27 އާއިލާއަކަށް ނިސްބަތްވާ ފަރުމަސް ފެންނަކަމަށް ރިކޯޑުކުރެވިފައިވެއެވެ. ފަރުފަރާއި، ތިލަތަކަކީ ކަނޑުގެ ދިރުންތަކުގެ ނަސްލުތައް ދަމަހައްޓައިދީ، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކޮށްދޭ އެންމެ ފުރިހަމަ ވަސީލަތަށްވާތީވެ، މިފަދަ ސަރަހައްދުތައް ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް
  1. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން، މޫދަށް އެރި އުޅުން
  2. ދިރާސާ ކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. ގައު، ވެލި، މުރަކަ، އަކިރި ނެގުން
  2. ކުނި އެޅުން
  3. ބިންހިއްކު ހިއްކުމާއި ފަޅު ފުންކުރުން
  4. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  5. އެކުއާ ކަލްޗަރ | މެރިކަލްޗަރ ގެ މަސައްކަތްތައް ކުރުން
  6. ރޭގަނޑު ދިއްލައިގެން މަސް ތިލަކުރުން (މީގެ ތެރޭގައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން، މަސްވެރިކަމަށާއި، ބޮޑު ކަންނެލީގެ އަތުނަން މަސްވެރިކަމަށް ދޫކޮށްފައިވާ ސައްޙަ ލައިސަންސެން އޮތް އުޅަނދަކުން، ދިއްލައިގެން އެންވެރިކަން ކުރުން އިސްތިސްނާ ވާނެއެވެ.)
  7. ނަގިލި ލުން
  8. ދިވެހިރާއްޖޭގައި އެމުގެ ގޮތުގައި ބޭނުންކުރާ މަސް ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ ކުދި މަސް ހިފުން (މީގެ ތެރޭގައި އެކުއޭރިއަމް ތަކާއި ޓޭންކް ތަކުގައި ގެންގުޅޭ މަހާއި، ފަރު މަހުގެ ހުރިހާ ބާވަތެއްގެ "ޖުވެނައިލް" މަސް ހިމެނެއެވެ.)
  9. މަސްމަހާއި މެއްސާއި، ދޫނި ސޫފާ ސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
  10. މާގަނޑުތަކާއި، މާގަނޑު މަހަށް ގެއްލުން ލިބޭފަދަ އެއްވެސް ޢަމަލެއް ކުރުން