
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2020/179
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ޅ. މާކޯ |
ޅ.މާކޯއަކީ މާފިލާފުށީގެ އިރުން އޮންނަ، ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅޭކަމަށް ފާހަގަ ކުރެވިފައިވާ ގަސް ބޯ ރަށެކެވެ. މިރަށް ޙާއްޞަވަނީ މިރަށުގައިވާ ކުޅި އާޢި އެކުޅީގައާއި އަދި ކުޅި ވަށައިގެންވާ ދިރުންތަކުގެ ސަބަބުންނެވެ. މި ގޮތުން މި ރަށުގައިވާ ކުޅިއަކީ ގިނަ އަދަދަކަށް ބޭންގު ވިހައި އާލާވާ ކުޅިއެކެ3ވެ. މި ރަށުގެ ކުޅި، ފައު، ޗަސްބިން ސަރަހައްދުގައި ގިނަ އަދަދަކަށް ކަނޑޫގަސް ހުރިކަމަށް ރިކޯޑުކޮށްފައިވެއެވެ. މިރަށުގެ ކުޅިއެކީ ރަށުގެ ހޭޅިފަށް ގިރަމުން ސަލާމަތްކޮށްދޭ ކާރބަން ސިންކްއެއްގެ އިތުރުން، ރަށަށް ރީތިކަން ގެނެސްދޭ މަހައުލެކެވެ. ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން، ގުޑުގުޑާ ދޫންޏާއި އެހެނިހެން ބާވަތްތަކުގެ ދޫނި މިރަށުގެ ކުޅި ސަރަހައްދުގައި ވިހާ އާލާ ވެއެވެ. މީގެ އިތުރުން މިރަށުން 11 ބާވަތެއްގެ ހިޖުރަކުރާ ދޫންޏާއި، 2 ބާވަތެއްގެ ކަނޑުމަތީ ދޫނި ފެންނަ ކަމަށް ރިކޯޑްކުރެވިފައިވެއެވެ.