ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ނ.ބޮޑުޅައިމެންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 321.00
ހިމާޔަތްކުރި ތާރީޙް: 17 ޖޫން 2019
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2019/150

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ނ. ބޮޑުޅައިމެންދޫ

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ބޮޑުޅައިމެންދޫ އަކީ ނ.އަތޮޅުގެ އެންމެ ދެކުނު ބިތުގައިވާ 40 ހެކްޓަރުގެ ފަޅު ރަށެކެވެ. މިރަށަކީ އުފެދުމުގައި ވަރަށް ޚާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މިރަށުގެ މެދުގައި ވަނީ "ބޭ" އެއް އުފެދިފައެވެ. އަދި ރަށުގެ ވަށައިގެންވާ ޗަސްބިމުގައި މިފަދަ ސަރަހައްދުތަކުން ފެންނަ ގިނަ ޢަދަދެއްގެ ގަސްތައް ހެދިފައިވެއެވެ. މިރަށަކީ ބިންގަނޑުގެ މުއްސަނދިކަން ރަނގަޅު ގިނަ އަދަދަކަށް ގަސްހެދިފައި އޮންނަ ރަށެކެވެ. މިރަށުގެ ކަ ނޑޫފަލާއި ކުޅިއަކީ ވެސް ރަށުގެ ޤުދުރަ ތީ މުއްސަނދިކަމާއި ތިމާވެށީގެ ޚާއްސަކަން ރަމްޒުކޮށްދޭ ތަނެކެވެ. މިރަށުގެ ޚާއްސަ ސިފަތައް 3ބަޔަކަށް ބެހިފައިވެއެވެ. އެއީ ރަށުގެ ވަށައިގެންވާ ފަރާއި، ރަށުގައި ގައިވާ ކަނޑޫފަލާއި ކުޅި ސަރަހައްދާއި، އަދި ރަށުގެ ވަށައިގެންވާ ވެލާ ބިސްއަޅާ ގޮނޑުދޮށެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

  1. ރަށާއި ވަށައިގެންވާ ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން.
  2. ޓޫރިޒަމް، މުނިފޫހިފިލުވުން، ޕިކްނިކް ދިއުން އަދި އެއްގަމުން ތަންތަން ބެލުން.
  3. ދިރާސާ ކުރުން.
  4. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން، މޫދަށް އެރި އުޅުން
  5. ހިކިފަން ،ކާށި، ދަރު، މަދު ހޮވުން
  6. ދިވެހިބޭސް ވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތައް ނެގުން
  7. ކުޅި، ފާ، ޗަސްބިމުގައި ހެދޭ ގަސްގަހާގެހިން އެއްޗެހި ބިނުން، ކެނޑުން ނުވަތަ އުފުރުން.
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން
  2. ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
  3. ވެލި، މުރަކަ، އަކިރިނެގުން
  4. ކުނި އެޅުން
  5. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  6. އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްތައްކުރުން
  7. ގަސް ގަހާއި ގެހި ކެނޑުން، އުފުރުން ،ގެއްލުންދިނުން
  8. ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން
  9. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  10. ބިންހިއްކުމާއި ފަޅު ފުންކުރުން
  11. އަލިފާން ރޯކުރުމާއި އެންދުން