ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 46.30
ހިމާޔަތްކުރި ތާރީޙް: 17 ޖޫން 2019
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2019/150

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:




ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

އޮރިމަސްތިލަ އަކީ ނ.ފެލިވަރާ 5 ކިލޯމީޓަރު ހުޅަނގުން އޮންނަ ފުންތިލަ އެކެވެ. މިސަރަހައްދަކީ ނ. އަތޮޅުގައި ފީނުމަށްބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. މިތިލައަކީ މަސްމަހާމެހި ގިނަ އަދި މުރަކައިގެ މުއްސަނދިކަން ލިބިފައިވާ ރީތި، ކުޑަ، ގާމަތީ ތިލައެކެވެ. މިތިލަ އަކީ ގިނަ އަދަދަކަށް ވައްބޯ މިޔަރު (Grey Reef Shark) ފެންނަ ސަރަހައްދެކެވެ. މިތިލައިގެ ބޮޑުބައި ހެދިފައިވަނީ ބޮޑެތި ގާތަކުންނެވެ. މިގާ ތަކުގެ އަރިމަތީ ގައިހެދިފައި ހުންނަ ހޮހަޅަތައް ހުންނަނީ މުރަކައާއި، މަޑުމުރަކައިން ފުރާލާފައެވެ. މިތިލައިގައި ކުރެވުނު ސާރވޭތަކުން ތަފާތު 27 ބާވަތެއްގެ މަސްމަހާމެހިވަނީ ރެކޯޑްކުރެވިފައެވެ. މިގޮތުން ކަނޑުމަސް އަދި ހަނދި އައިންތަކާއި،ތަފާތު ވައްތަރުގެ ފަރުމަހާއި، މުރަކައިގައި ދިރިއުޅޭ ތަފާތު ކުލަކުލައިގެ ކުދިމަހާއި، އޮޅުފަތި މިޔަރާއި، (Sicklefin Lemon Shark) ރާއްޖެއިން މަދުން ފެންނަ ފާނަ މިޔަރު (Whitetip Reef Shark) ވެސް މިތިލައިން ފެނެއެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

  1. ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
  2. ދިރާސާ ކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން
  2. ދޫނިސޫފާ ސޫފި ހިފުމާއި، ނެގުމާއި، މެރުން
  3. ވެލި، މުރަކަ، އަކިރިނެގުން
  4. ކުނި އެޅުން
  5. އެކުއާކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްކުރުން
  6. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން 7. ބިންހިއްކުމާއި ފަޅު ފުންކުރުން