
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2019/150
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ނ. ކެނދިކުޅުދޫ |
ކެނދިކުޅުދޫ އަކީ ނ. އަތޮޅުގެ ހެނބަދޫ އިރުމަތީގައި އޮންނަ 247 ހެކްޓަރުގެ ރުއްގަސް ގިނަ ރަށެކެވެ. މިރަށުގެ ގުދުރަތީ މުއްސަނދިކަން އެންމެ ބޮޑަށް ދައްކުވައިދެނީ މިރަށުގައިވާ ރާއްޖޭގެ ނިސްބަތުންވެސް ބޮޑު ކުޅިންނާއި ކަނޑޫފަލުންނެވެ. މިރަށުގެ އިރުން އަދި އުތުރުން ބޮޑު ދެ ކުޅި އޮވެއެވެ. މިރަށުގެ ކުޅިސަރަހައްދުގައި ގިނަ އަދަދަކަށް އިރުވައިހުދާއި، ފިނދަނަ ، ރާބޮނދި، ދޮން ރާބޮނދި، މާކަނާ އަދި ބޮނޑަނަ ދިރިއުޅެއެވެ. އަދި މިރަށަ ކީ ކަނޑުމަތީ ދޫނީވެސް ގިނަ އަދަދަކަށް ނިދަން އަރާ ރަށެކެވެ. އެގޮތުން ކިރުދޫނި އަދި ދަނޑިފުޅު ދޫނި މިރަށުން ގިނަ އަދަދަކަށް ފެނެއެ ވެ.މިރަށުގެ ކުޅި ސަރަހައްދުގައި ތަފާތު ވައްތަރުގެގަސްތައް ހުރެއެވެ. އަދި މިރަށުގެ ކަނޑުފާ ސަރަހައްދުގައި ކަނޑޫ، ރަނޑޫ، ކަރަމަނަ ގަސްތައް ވަރަށްބިޔަކޮށް ހެދިފައިވެއެވެ. އަދި މީގެ އިތުރުން މިރަށުގެ އެކި ދިމާއިން މީހުން ކެއުމައް ބޭނުންކުރާ ކުއްޅަވައް ގަސްވެސް ފެނެއެވެ.މިރަށުގެ ކުޅީގައި ގިނަ އަދަދަކަށް ބޭންގު ވިހާ އާލާވެއެވެ.
ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން: