ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ނ.ފޮއްދިއްޕަރު ފިނޮޅާއި، ފަޅުގެ ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 322.00
ހިމާޔަތްކުރި ތާރީޙް: 17 ޖޫން 2019
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2019/150

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ނ. ފޮއްދިއްޕަރު

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ފޮއްދިއްޕަރާއި އެރަށުގެ ފަރަކީ ނ. އަތޮޅު ފޮއްދޫގެ އުތުރުގައި އޮންނަ 82.4 ހެކްޓަރުގެ ފިނޮޅެކެވެ. މިފިނޮޅަކީ އައިންމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ އަދި ރާއްޖެއަށް ހިޖުރަ ކުރާ ދޫނިވެސް ފެންނަ ފިނޮޅެކެވެ. މިފިނޮޅަކީ ގިނަ އަދަދަކަށް ވައްލަ ޖަމާވާ އަދި ވައްލަ ވިހާ އާލާވާ ފިނޮޅެކެވެ. މިފިނޮޅުގައިވާ ހުދު ދޮންވެލި ތުނޑިއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތުނޑިއެކެވެ. ފޮއްދިއްޕަރު ވަށައިގެންވާ ފަރަކީ ދިރޭތަކެތީގެ ނަޞްލުތަކުން މުއްސަނދިކަން ލިބިފައިވާ ފަރެކެވެ. ފޮއްދިއްޕަރު ދެކުނުގައިވަނީ ފޮއްދޫ އާއި ދެމެދުވާ ކަނޑުއޮޅިއެވެ. މިފިނޮޅުގެ ވަށައިގެންވާ ފަޅުގައާއި ފަރުގައި ގިނަ އަދަދަކަށް ފަރުމަސް އުޅެއެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

  1. ރަށާއި ވަށައިގެންވާ ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
  2. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން ޕިކްނިކް ދިއުން އަދި އެއްގަމުން ތަންތަން ބެލުން
  3. ދިރާސާ ކުރުން
  4. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން، މޫދަށް އެރި އުޅުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން
  2. ދޫނިސޫފާ ސޫފިހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
  3. ވެލި، މުރަކަ، އަކިރި، ނެގުން
  4. ކުނި އެޅުން
  5. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  6. އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްކުރުން
  7. ބިންހިއްކުމާއި ފަޅު ފުންކުރުން
  8. އަލިފާން ރޯކުރުމާއި އެންދުން