ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ބްރިޓިޝް ލޯޔަލްޓީ ފެތިފައިވާ ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 64.00
ހިމާޔަތްކުރި ތާރީޙް: 13 ސެޕްޓެންބަރު 2018
ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކޯއޭރިއާ އަދި ބަފަރ އޭރިޔާގައި ހުއްދަ ކަންކަން:

  1. މޫދަށް އެރިއުޅުން އަދި ވައިފުޅި އަޅައިގެން ފީނުން.
  2. ޕިކްނިކް ދަތުރުދިޔުމާއި، އެއްގަމުގެ ތަންތަން ބެލުން.
  3. ދިވެހިން ޒަމާނުއްސުރެ ކުރަމުން އާއިގޮތަށް އެންވެރިކަން ކުރުން.
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް

ކޯއޭރިއާ އަދި ބަފަރ އޭރިޔާގައި މަނާ ކަންތައް:

  1. ފަތުރުވެރިން މަސްވެރިކަން ކުރުން.
  2. ދާޖަހައިގެން މަސްހިފުން.
  3. މަސްވިހައި އާލާވާ ތަންތަނުން މަސްވެރިކަން ކުރުން.
  4. މަސްހިފުމަށް ދަގަނޑު ޖެހުމާއި މަސްހިފުމަށް ބަޑި ބޭނުންކުރުން.
  5. ތިމާވެއްޓަށް ގެއްލުންވާފަދަ މަސްވެރިކަން ކުރުން.
  6. ނަގިލި ލުން. (މޫރިންގ ބޮއި އަޅައިފައިވާ ސަރަހައްދުތަކުގެ އުޅަނދު އަޅަންވާނީ މޫރިންގ ބޮއިގައެެވެ.)
  7. ބޮލިހިލުން/ ނެގުން. (ވިޔަފާރި/ދިރިއުޅުމަށްޓަކައި)
  8. ހުއިފިލަނޑާ ނެގުން.
  9. މިޔަރުގެ މަސްވެރިކަން.
  10. ދިރޭ ކުދި މަސް ހިފުން: ވިޔަފާރި އުސޫލުން.
  11. އެކުއޭރިއަމް ޓްރޭޑް.
  12. އެއްވެސް ބޭނުމަކަށް އިހި ނެގުން.
  13. ވެލަޔާއި، ކަހަނބާއި، އެތަކެތީގެ ބިސް ނެގުން.
  14. ދޫނި ހިފުމާއި، އެތަކެތީގެ ބިސް ނެގުން.
  15. ވެލިނެގުން. (ވިޔަފާރި/ދިރިއުޅުމަށްޓަކައި)
  16. ގައުނެގުން. (ވިޔަފާރި/ދިރިއުޅުމަށްޓަކައި)
  17. މޫދަށާއި އަތިރިމައްޗަށް ކުނި އެޅުން.
  18. އެކުއަރކަލްޗަރ މަސައްކަތްތަކައް.


ހަމައެކަނި ކޯއެރިއާގައި މަނާކަންތައް:

  1. މަސްވެރިކަން. (ކަނޑުގެ މަތީ ފަށަލައިގައި ވަދު އެޅުން، ނަނު ފައްތައިގެން ފަރު މަސްވެރިކަން)
  2. ހިކިފަން ހޮވުން.
  3. ކާށި ހޮވުން.
  4. ދަރު ހޮވުން.
  5. ދަނޑުވެރިކަމުގެ މަސައްކަތް.