ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 462.06
ހިމާޔަތްކުރި ތާރީޙް: 22 ސެޕްޓެންބަރު 2020
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2020/162

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:




ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

އައްޑު އަތޮޅުގައިވާ ކުޑަ ކަނޑު ސަރަހައްދަކީ ގަލާއި މުރަކަ ގިނަ އަދި މަހުގެ ބާވަތްތަކާއި ދިރުންތައް ގިނަ، ޤުދުރަތީގޮތުން މުއްސަންދި ސަރަހައްދެކެވެ. ދިވެހިރާއްޖެއަށް ދިމާވެފައިވާ މުރަކަ ހުދުވުމުގެ ހާދިސާތަކަށްފަހު ކުރެވުނު ދިރާސާތަކުގައި ކުޑަ ކަނޑު ސަރަހައްދުގައި ހިމެނޭ ފަރަކީ ވަރަށް ރެސީލިއަންޓް ފަރެއްކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން މި ސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ވެލާ، ވައިފިޔަ މަޑި އަދި ކޯމަސް ހިމެނެއެވެ. މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުންތަކެއް ކަމުން، މިފަދަ ދިރުންތައް ސާފުކުރުމަށާއި ވަހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ޙިމަޔާތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

  1. ފަޅާއި، ފަރަށް އާއްމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުން
  2. ދިރާސާރ ކުރުން
  3. ޑައިވްކުރުމާއި ސްނޯކުލްކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. ދޫނިސޫފާ ސޫފި ހިފުމާއި، ނެގުމާއި، މަރުން
  2. ގައު، ވެލި، މުރަކަ އެކިރި ނެގުން
  3. ކުނި އެޅުން
  4. އެކުއާ ކަލްޗަރ/ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  5. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  6. ކުޅީގެ ވެށި އިއާދަކުރުމުގެ ބޭނުމުގައި، ނުވަތަ އެހެން ބޭނުމުގައި ނަމަވެސް، މިނިސްޓްރީގެ ހުއްދަނެތި ކުޅި ހިއްކުމާއި ފުންކުރުން
  7. މަހަށް ކާންދިނުން
  8. މަސްވެރިކަމުގެ ޤާނޫނުގެ ދަށުން، ކަޅުބިލަމަހުގެ މަސްވެރިކަމަށާއި، ބޮޑު ކަންނެލީގެ އަތުނަނު މަސްވެރިކަމަށް ދޫކޮށްފައިވާ ޞައްޙަ ލައިސަންސެއް އޮތް އުޅަނދަކުން، ކުރާ އެންވެރިކަން ފިޔަވައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން