ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

މާކިޅިއާއި ފެހެލެ ކިޅި ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 25.50
ހިމާޔަތްކުރި ތާރީޙް: 22 ސެޕްޓެންބަރު 2020
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2020/162

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:




ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

މި ދެކުޅި އަކީ އައްޑާ ސިޓީގެ ހިތަދޫ އިރުދެކުނު ފަރާތުގައި އޮންނަ ޗަސްބިމުގައި ހެދިފައިވާ ދެކުޅިއެވެ. މިސަރަހައްދަކީ ޗަސްބިން ސަރަހައްދެއްކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަށް ފަސޭހަކަމާއެކު ހިނދިގެން ދެއެވެ. އެހެންކަމުން، މސަރަހައްދަކީ މިރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރުއަދާކުރާ މުހިއްމު ސަރަހައްދެކެވެ. މިސަރަހައްދުގެ ފަސްގަނޑަކީ ގަސް ހެއްދުމަށް ފަސޭހަ ފަސްގަނޑެއްކަމުން، ރަށުގެ ބައެއް ފަރާތްތަކުން ދަނޑުވެރިކަމަށް ވެސް ބޭނުން ކުރާ ސަރަހައްދެކެވެ. މިސަރަހައްދުގެ ދިރުންތަކަށް ބަލާލާއިރު، މޫސުމީ ދޫންޏާއި، ކުޅިފަލުގައި ހެދޭ ގަހުގެ ބާވަތެއް ކަމުގައިވާ ބުރެވި ފެނެއެވެ. މީގެ އިތުރުން، ދިއްގާ، ހިރުނދު އަދި ބޯކަށިކެޔޮ މިސަރަހައްދުގައި ގިނަ އަދަދަކަށް ހެދިފައިވެއެވެ. މިތަނުގައި 'ކާފަރުބުރު' ނަމަކަށް ކިޔާ ފެނުގައި ހެދޭ ބާވަތުގެ ގަހެއް ހެދިފައިވެއެވެ. މި ގަހަކީ މި ސަރަހައްދަށް ތަޢާރަފު ކޮށްފައިވާ ބާވަތެއްގެ ގަހެއް ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މިސަރަހައްދުގެ ފެންގަނޑުގައި ނީލޯފަރު (ލޮޓަސް) ގިނައަދަދަކަށް ހެދިފައިވެއެވެ. އަދި ކާފަރުބުރާއި ނީލޯފަރު މިސަރަހައްދުގައި ގިނަވުމުގެ ސަބަބުން މިސަރަހައްދުގެ ފެންގަނޑު ތިލަވަމުންދާކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތައް ޙައްލުކޮށް، އިއާދަކޮށް (ރީސްޓޯކޮށް) ހިމާޔަތްކުރުމަކީ މި ސަރަހައްދަށް ޒިޔާރަތްކުރާ މޫސުމީ ދޫންޏާއި ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލުތައް ދެމެހެއްޓުމަށްޓަކައި މުހިއްމު ކަމެކެވެ. މި ސަރަހައްދުން ފެންނަ ދޫނީގެ ތެރޭގައި މާކަނާ، ކުޅީ ކުކުޅު، އަދި ދޮންދީނި ފާހަގަކޮށްލެވެއެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކުރުން ހުއްދަ ކަންތައްތައް:

  1. ހިކިފަން، ކާށި، ދަރު، މަދު ހޮވުން
  2. ކުޅި، ފާ، ޗަސްބިމުގައި ހެދޭ ގަސްގަހާގެހިން އެއްޗެހި ބިނުން، ކެނޑުން ނުވަތަ އުފުރުން

ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޚާއްޞަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން

  1. ދިރާސާ ކުރުން
  2. ލަކުޑިއާއި ދަނޑި ކެނޑުން
  3. ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުން
  4. އިކޯ ޓޫއަރިޒަމް މަސައްކަތެއް ކުރުން
  5. ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
  2. ކުނި އެޅުން
  3. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  4. އެކުއާ ކަލްޗަރ/ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  5. ގަސް ގަހާއި ގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
  6. މި ސަރަހައްދުގައި ހިމެނޭ ބާވަތްތައް ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން
  7. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  8. ކުޅީގެ ވެށި އިއާދަކުރުމުގެ ބޭނުމުގައި، ނުވަތަ އެހެން ބޭނުމުގައި ނަމަވެސް، މިނިސްޓްރީގެ (އެންވަޔަރަމަންޓް މިިނިސްޓްރީ) ހުއްދަނެތި ކުޅި ހިއްކުމާއި ފުންކުން
  9. ކަނޑައެޅޭ ސަރަހައްދުތައް ފިޔަވައި އެހެން ތަނެއްގައި އަލިފާން ރޯކުރުން