
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2020/162
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
އައްޑޫ ސިޓީ ހުޅުދޫ |
މިކުޅި އަކީ އައްޑާ ސިޓީގެ ހުޅުދޫގެ ދެކުނު ފަރާތު ކޮޅުގާއިވާ ޗަސްބިން ސަރަހައްދުގައިވާ ކުޅިއެކެވެ. މިސަރަހައްދަކީ ބޮޑު ޗަސްބިން ސަރަހައްދެއްކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަށް ފަސޭހަކަމާއެކު ހިނދިގެން ދެއެވެ. އެހެންކަމުން، މިސަރަހައްދަކީ މިރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރުއަދާކުރާ މުހިއްމު ސަރަހައްދެކެވެ. މިސަރަހައްދުން ފެންނަ ދިރުންތަކުގެ ތެރޭގައި ކުޅިފަލުގައި ހެދޭ ގަހުގެ ބާވަތެއް ކަމުގައިވާ ބުރެވި ގިނަ އަދަދަކަށް ހެދިފައިވެއެވެ. މީގެ އިތުރުން، ކުރެދި، ހިރުނދު، ދިއްގާ، ބޯކަށިކެޔޮ، މިދިލި، އުނި އަދި މާގޫގަސް މިސަރަހައްދުގައި ގިނަ އަދަދަކަށް ހެދިފައިވެއެވެ. މިސަރަހައްދުގައިވާ ފެންގަޑުން ރާއްޖެއިން މަދުން ނޫނީ ނުފެންނަ މަހުގެ ބާވަތެއް ކަމުގައިވާ ކޮންގަރއީލް ފެނެއެވެ. އަދި ގިނަ އަދަދަކަށް ތެލާޕިޔާ އާއި ކުޅިތަކުގައި އުޅޭ ފިނިހަކުގެ ބާވަތްތައް ވެސް އުޅެއެވެ. މިސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަހައްދެކެވެ. މިސަރަހައްދުން ފެންނަ ދޫނީގެ ތެރޭގައި ދޮންފެންފޯއް ދޫނި، ދޮންދީނި، ހުވަދޫ ރާބޮނދި، މާކަނާ އަދި ތޭރަވާ ހިމެނެއެވެ.
ކުރުން ހުއްދަ ކަންތައްތައް:
ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޚާއްޞަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން: