ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

އައްޑޫ ސިޓީ މަތިކިޅި ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 56.13
ހިމާޔަތްކުރި ތާރީޙް: 22 ސެޕްޓެންބަރު 2020
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2020/162

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: އައްޑޫ ސިޓީ މީދޫ
އައްޑޫ ސިޓީ ހުޅުދޫ

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

މިއީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދު (ހުޅުމީދޫ) ގެ އިރުމަތި ފަރާތުގައި އޮންނަ ޗަސްބިން ސަރަހައްދަކެވެ. މިސަރަހައްދަކީ ޗަސްބިން ސަރަހައްދެއްކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަށް ފަސޭހަކަމާއެކު ހިނދިގެން ދެއެވެ. އެހެންކަމުން، މިސަރަހައްދަކީ މިރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރުއަދާކުރާ މުހިއްމު ސަރަހައްދެކެވެ. މިސަރަހައްދުގައިވާ ގަސްގަހާގެއްސަށް ބަލާލާއިރު، ގިނަ އަދަދަކަށް ހެދިފައިވަނީ، 'ކާފަރުބުރު' ނަމަކަށް ކިޔާ ވިނައިގެ ބާވަތެކެވެ. މީގެ އިތުރުން މި ސަރަހައްދުގައި ބޯކަށިކެޔޮ، ކަށިކެޔޮ، ދިއްގާ އަދި ރުއް ގިނައަދަދަކަށް ހެދިފައިވެއެވެ. އަދި މި ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަހައްދެކެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކުރުން ހުއްދަ ކަންތައްތައް:

  1. ހިކިފަން، ކާށި، ދަރު، މަދު ހޮވުން
  2. ކުޅި، ފާ، ޗަސްބިމުގައި ހެދޭ ގަސްގަހާގެހިން އެއްޗެހި ބިނުން، ކެނޑުން ނުވަތަ އުފުރުން

ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޚާއްޞަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

  1. ދިރާސާ ކުރުން
  2. ލަކުޑިއާއި ދަނޑި ކެނޑުން
  3. ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުން
  4. އިކޯ ޓޫއަރިޒަމް މަސައްކަތެއް ކުރުން
  5. ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
  2. ކުނި އެޅުން
  3. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  4. އެކުއާ ކަލްޗަރ/ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  5. ގަސް ގަހާއި ގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
  6. މި ސަރަހައްދުގައި ހިމެނޭ ބާވަތްތައް ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން
  7. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  8. ކުޅީގެ ވެށި އިއާދަކުރުމުގެ ބޭނުމުގައި، ނުވަތަ އެހެން ބޭނުމުގައި ނަމަވެސް، މިނިސްޓްރީގެ (އެންވަޔަރަމަންޓް މިިނިސްޓްރީ) ހުއްދަނެތި ކުޅި ހިއްކުމާއި ފުންކުން
  9. ކަނޑައެޅޭ ސަރަހައްދުތައް ފިޔަވައި އެހެން ތަނެއްގައި އަލިފާން ރޯކުރުން